ތިލަދުންމަތީ އުތުރުބުރީ އުލިގަމު ސްކޫލް
ދިވެހިރާއްޖެ
އުލިގަމު ސްކޫލް ބީ ބްލޮކްގެ ސީލިންގް އަދި ޕާޓިޝަންގެ މަރާމާތު މަސައްކަތް

އުލިގަމު ސްކޫލު ބީ ބްލޮކްގެ ސީލިންގް އަދި ޕާޓިޝަން މަރާމާތު މަސައްކަތް

1- މި ސްކޫލުގެ ބީ ބްލޮކްގެ ސީލިންގް އަދި ޕާޓިޝަން މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2- މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 އޯގަސްޓް 28 ން 2025 ސެޕްޓެމްބަރ 09 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://shorturl.at/fwhNL

4-  މި ޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ ނިޔަލަށް، މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

5-  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ 13:00 ގައި އުލިގަމު ސްކޫލް އޮފީހުގައެވެ.

6-  މި ޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

7-  މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑްމިނިސްޓްރޭޝަން ސެކްޝަން

އުލިގަމު ސްކޫލް، ހއ. އުލިގަން، ދިވެހިރާއްޖެ

ފޯން: 6500548

އީމެއިލް: [email protected]

28 އޮގަސްޓް 2025
ހޯދާ