ފޯމު ދޫކުރުން
|
19 އޮގަސްޓް 2025 ން 4 ސެޕްޓެމްބަރ 2025
|
އެކަޑަމިކް ސްޓްރީމްތަކަށް ވަނުމުގެ ޝަރުތުތައް (ސައިންސް / ބިޒްނަސް)
|
- އެސް.އެސް.އީ އިމްތިހާންގެ ދިވެހި ނުވަތަ އިސްލާމިކް ސްޓަޑީޒް އިން ދަށްވެގެން C ފާސް ލިބިފައިވުމާއެކު،އައި.ޖ.ީސީ.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން(ސައިންސް ނުވަތަ ބިޒްނަސް ސްޓްރީމް އިން) މަދުވެގެން 2 މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުމާއެކު އިތުރު އެއް މާއްދާއިން C ފާސް ލިބިފައިވުން.ނުވަތަ
- އައި.ޖ.ީސީ.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް އިމްތިހާނުން ކޮންމެވެސް3 މާއްދާއަކުން ދަށްވެގެން C ފާސް ލިބިފައިވުން. ނުވަތަ
- އިންޑިވިޖުއަލް އެޑިޔުކޭޝަން ޕްލޭނެއްގެ ދަށުން (އައިއީޕީ) ޘާނަވީ އިމްތިޙާން ހަދާ ދަރިވަރުން ޘާނަވީ ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ދަށްވެގެން C ފާސް ލިބިފައިވުން. ނުވަތަ
- ދަރިވަރު ކިޔަވަން ބޭނުންވާ މާއްދާއިން ނުވަތަ މާއްދާތަކުން ޘާނަވީ އިމްތިހާނަކުން ދަށްވެގެން C ފާސް ލިބިފައިވުމާއެކު ސްކޫލުގައި ޖާގަ އޮތުން
|
ޕިއަރސް ބީޓެކް އިންޓަރނޭޝަނަލް ލެވެލް- 3 ޑިޕްލޮމާ (ހޮސްޕިޓާލިޓީ) ކޯހަށް ވަނުމުގެ ޝަރުތުތައް
|
- ޕިއަރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ކޯހަކުން ދަށްވެގެން "ޕާސް" ލިބިފައިވުން ނުވަތަ
- އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ. އޯލެވެލް އިމްތިހާނާއި އެސް.އެސް.ސީ އިމްތިހާނުގެ ކޮންމެވެސް 4 މާއްދާއަކުން (ކޯހާއި ގުޅޭ 2 މާއްދާ ހިމެނޭގޮތަށް) ދަށްވެގެން C ފާސް ލިބިފައިވުން
|
އިތުރު ޝަރުތުތައް:
|
- ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވަޢިދާ ޚިލާފުވެފައިވާ ،ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއް ކަމުގައި ނުވުން
- ހިނގަމުންދާ އަހަރުގެ 31 ޑިސެމްބަރަށް 18 އަހަރު ފުރިފައި ނުވުން
- މަތީ ޘާނަވީ ތަޢުލީމުގެ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ދިނުމުގައި ބަލާނީ ވޭތުވެދިޔަ 2 އަހަރުގެ އެސް.އެސް.ސީ،އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުގެ ނަތީޖާ އަށެވެ.
|
ފޯމު ހުށަހެޅުމުގެ ސުންގަޑި
|
މި ސްކޫލުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު ތަޢުލީމީ ޝަރުތާއި ގުޅޭ ސެޓްފިކެޓް ނުވަތަ ނަތީޖާ ،ބެލެނިވެރިޔާ އަދި ދަރިވަރުގެ އައިޑީކާޑު ކޮޕީއާއެކު 04 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 7952903 އަށް ގުޅުއްވުން އެދެމެވެ.
|