މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދާއެއްގޮތަށް މަގުބަންދު ކުރުމަށާއި، ބޯޑަށް ފީނެގުމާއި ގުޅޭ

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 148 ވަނަ މާއްދާގެ (ހ) ގެ (14) ވަނަ ނަންބަރުގެ ދަށުން މި ކައުންސިލުން މިހާރު ޢަމަލުކުރަމުން އަންނަ ގަވާއިދު ނަންބަރ:2013/R-502  (ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު – ނ. ކެނދިކުޅުދޫ) ގެ 8  ވަނަ މާއްދާގެ  (ހ)، (ށ)، (ނ) ،އަދި (12) ވަނަ މާއްދާގެ ދަށުން ތިރީގައިވާ ގޮތުގެ މަތީން މި ކައުންސިލަށް ފީނެގޭނެއެވެ.

މަގު ބަންދު ކުރުމަށް ހުއްދަ ދެވޭނީ، މަގު ބަންދުކުރުމަށް ބޭނުންވާ ފަރާތުން ކުރަން ބޭނުންވާ މަސައްކަތް ބަޔާންކޮށް މަސައްކަތްކުރުމަށްޓަކައި މަގު ބަންދުކުރަން ބޭނުންކަމަށް ކައުންސިލަށް ހުށަހެޅުމުންނެވެ. އަދި މަގުބަންދު ކުރެވޭނީ އެ ހުއްދަ ކައުންސިލުން ލިޔުމުން ލިބުމަށްފަހުއެވެ.

މަގު ބަންދުކުރުމަށް ފީނެގުން:

1. މަގުބަންދު ކުރަނީ އުމުރާނީ ތަރައްޤީގެ މަސައްކަތަށް ނަމަ ފުރަތަމަ 6 (ހައެއް)  ގަޑިއިރާ ހަމައަށް -/250 (ދުއިސައްތަފަންސާސް) ރުފިޔާ އާއި، ފުރަތަމަ 6 (ހައެއް) ގަޑި އިރަށްވުރެ އިތުރަން ހިނގާ ކޮންމެ ގަޑިއިރަކަށް -/150 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.  

 

2. މަގުބަންދު ކުރެވެނީ އިޖްތިމާޢީ ހަރަކާތްތަކަށް ނުވަތަ މަސައްކަތަކަށްނަމަ، ފުރަތަމަ 6 (ހައެއް)ގަޑި އިރާ ހަމައަށް-/150 (ސަތޭކަފަންސާސް) ރުފިޔާއާއި، ފުރަތަމަ 6 (ހައެއް) ގަޑި އިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.

 

3. މިމާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ މަސައްކަތްތައް ފިޔަވައި އެހެނިހެން ކަންތައްތަކަށް ވަގުތީ ގޮތުން މަގު ބަންދު ކުރުމުގެ  ހުއްދަ ދޫކުރެވޭނީ ހުއްދަދެވޭ ފުރަތަމަ 2 (ދޭއް) ގަޑިއިރަށް -/75 (ހަތްދިހަފަހެއް ) ރުފިޔާ އަދި އިތުރަށް ހިގާ ކޮންމެ 2 (ދޭއް)  ގަޑިއިރަކަން ނުވަތަ 2  (ދޭއް) ގަޑިއިރުން ބަޔަކަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ނެގޭނެއެވެ.

*ނޯޓު: މަތީގައި ދެންނެވިފައިވާ ފީ ނެގުމުގައި ކަނޑައެޅިފައިވާ ގަޑިއިރުތައް ފުރިހަމަ ނުވިނަމަވެސް ފީ ދައްކަންވާނީ، ގަޑިއިރު ފުރިހަމަ ވެފައިވާކަމަށް ބަލައި މުޅިޖުމްލަ ވަގުތަށެވެ.

މަގުބަންދުކުރާ ބޯޑަށް ފީނެގުން:

މަގުމަތީގައި މަސައްކަތްކުރާއިރު ބަހައްޓާ ބޯޑު ބޭނުން ކުރަނީ 6 (ހައެއް) ގަޑި އިރަށްވުރެ މަދު ވަގުތަކަށްނަމަ -/20 (ވިހި) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. އަދި ބޯޑް ބޭނުންކުރެވެނި 6 (ހައެއް) ގަޑި އިރާއި  12(ބާރަ) ގަޑި އިރާ ދެމެދުގެ ވަގުތަކަށްނަމަ -/40 (ސާޅީސް) ރުފިޔާ، އަދި 12 (ބާރަ) ގަޑި އިރާއި 24 (ސައުވީސް) ގަޑިއިރާ ދެމެދުގެ  ވަގުތަކަށްނަމަ-/60 (ފަސްދޮޅަސް) ރުފިޔާ ދައްކަންވާނެއެވެ. އަދި 24 (ސައުވީސް) ގަޑި އިރަށްވުރެ އިތުރަށް ހިނގާ ކޮންމެ 6 (ހައެއް) ގަޑިއިރަކަށް -/20 (ވިހި) ރުފިޔާގެ ރޭޓުން ފީ ދައްކަންވާނެއެވެ.

އަދި ދަންނަވަމެވެ. މިކައުންސިލުން ޝާޢިޢުކޮށްފައިވާ، ގަވާއިދު ނަންބަރ: 2013/R-503 (މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު – ނ.ކެނދިކުޅުދޫ) ގެ ދަށުން މަގެއް ކޮންނަންވާނީ ކޮންމެހެން މަގު ނުކޮނެ ނުވާނެ ކަންތައްތައް ކުރުމަށް ކައުންސިލުގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހުއެވެ. އަދި އެހުއްދަ ލިބުނުނަމަވެސް، މަގެއް ކޮނުމަށްޓަކައި މަގެއް ބަންދުކުރަންޖެހޭނަމަ، އެ މަގެއް ކޮންނަންވާނީ، ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން، މަގުބަންދު ކުރުމުގެ ހުއްދަ ހޯދުމަށްފަހު، ވަގުތީގޮތުން މަގު ބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ.

ވީމާ، 28 އޯގަސްޓް 2025 އިން ފެށިގެން މިކައުންސިލުން މަތީގައި ދެންނެވިފައިވާ ޚިދުމަތްތަކަށް ފީ ނަގަމުންދާނެ  ވާހަކަ އާންމުކޮށް އަންގާ އިއުލާނުކުރަމެވެ.

04 ރަބީޢުލްއައްވަލް 1447

27 އޮގަސްޓް 2025
ހޯދާ