ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން ޕަބްލިކް ހެލްތް އަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ކޯހަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯހާ ބެހޭ އިތުރު މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ ޑރ. ޢާއިޝަތު ޝަނޫރާ (ފޯން: 3346523، އީމެއިލް: [email protected]) އަށެވެ.
ފެކަލްޓީ އޮފް ހެލްތް ސައިންސަސް
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން ޕަބްލިކް ހެލްތް
ކޯހުގެ މުއްދަތު: ފުލްޓައިމް 3 އަހަރު
ކޯހުގެ މުއްދަތު: ޕާރޓްޓައިމް 6 އަހަރު
ކޯހަށް ވަނުމުގެ ޝަރުޠު
- ގުޅުންހުރި ދާއިރާއަކުން ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ގުޅުންހުރި ދާއިރާއަކުން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު މާސްޓަރސް ކޯހުގައި ހިމެނޭ ރިސަރޗް ޕްރޮޖެކްޓަކުން ނުވަތަ ޑިޒަރޓޭޝަން/ތީސިސް އިން ރިސާރޗް މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.
ބަހުގެ ފެންވަރު
IELTS (އެކަޑެމިކް) ގެ އޯވަރޯލް ސްކޯ 6.5 ލިބިފައިވުން އަދި ކޮންމެ ހުނަރަކުންވެސް (އަޑުއެހުން، ވާހަކަ ދެއްކުން، ކިޔުން އަދި ލިޔުން) 6.5 ލިބިފައިވުން. މި ނަތީޖާ ގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.
އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ގެ ސަނަދާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ
- ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ގްރޭޑިންގ ކްރައިޓީރިއާ
- ރިސާރޗް ޕްރޮޕޯސަލް
- ހުށަހަޅާ ފަރާތުގެ ވަނަވަރު
- އެޕްލިކޭޝަނަށް ބާރުދޭ އެހެނިހެން ލިޔެކިޔުން
ނޯޓު: ދިވެހިރާއްޖެއިން ބޭރުން ޙާސިލުކޮށްފައިވާ ސަނަދެއްނަމަ ހުންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކުރެވިފައެވެ. އަދި މީގެ އިތުރުން ހުރިހާ ލިޔެކިޔުންތައްވެސް ހުންނަންވާނީ އެޓެސްޓް ކޮށްފައެވެ.
އިތުރު މަޢުލޫމާތު
- ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
Statement of Intent Information of PhD_English.pdf
- ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 14،340.00 (ސާދަހާސް ތިން ސަތޭކަ ސާޅީސް) ރުފިޔާ އެވެ.
- މި ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ރިސާރޗް ޕްރޮޕޯސަލްގެ ފެންވަރަށެވެ.
- ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީ.ޖީ.ޕީ.އޭ އަށް ބަލައިގެންނެވެ. ސީ.ޖީ.ޕީ.އޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ ސީ.ޖީ.ޕީ.އޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ މި ޔުނިވަރސިޓީގައި ސީ.ޖީ.ޕީ.އޭ ކަނޑައަޅާ އުސޫލަށެވެ.