ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓަރ 2025 އަށް ރެފްރީން ހޯދުމާއި ގުޅޭ!
19 ސެޕްޓެމްބަރ 2025 ގައި ފަށަން ހަމަޖެހިފައިވާ މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް ފިއެސްޓަރ 2025ގައި ރެފްރީކަން ކޮށްދޭނެ 3 ރެފްރީން ހޯދަން ބޭނުންވެއްޖެއެވެ. ޝައުގުވެރިވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
https://forms.gle/tPywpKESDiZoY3w78
މި ޢިއުލާނާއެކު މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 9356677 ނަމްބަރަށް ގުޅުއްވުން ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
27 އޮގަސްޓް 2025
ހޯދާ