ދިވެހިރާއްޖެ
ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ޓެކްނިކަލް މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތައްހޯދުމާއި ގުޅޭ
ސައުތު އޭޝިއާ ކޯޕަރޭޓިވސަރް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ (ސަކެޕް) އިންސްޓިޓުޝަނަލް ސްޓްރެންތަނިންގ އިނީޝިއޭޓިވްގެ ދަށުން ހުޅުވާލާފައިވާ ސީނިއަރ ޓެކްނިކަލް މަގާމުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ދިވެހިރާއްޖެއަށް ލިބިފައެވެ. ޓެކްނިކަލް މަގާމުތަކަށް ހޮވޭ ފަރާތްތަކުގެ މައިގަނޑު ދައުރަކީ ހުށަހަޅާފައިވާ ތިމެޓިކް ދާއިރާތަކުގައި އިސްކޮށް ހަރަކާތްތެރިވެ، މެންބަރު ޤައުމުތަކަށް ޕޮލިސީ ގައިޑެންސް އާއި ކެޕޭސިޓީ ބިލްޑިންގއަށް އެހީތެރިވެދިނުމާއި، ސަރަހައްދީ ޕްރޮގްރާމްތަކާއި އިނީޝިއޭޓިވްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި:
- ޑިރެކްޓަރ- އެއަރ ކޮލިޓީ
- ޑިރެކްޓަރ- ކްލައިމެޓް ޗޭންޖް
- ޑިރެކްޓަރ- މެރިން އެންޑް ކޯސްޓަލް އެފެއަޒް
- ޑިރެކްޓަރ- ބަޔޯޑައިވަރސިޓީ
މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ 07 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަންއެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ.
އެޕްލިކޭޝަން ޓައިޓަލް: ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ޓެކްނިކަލް މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމާ ގުޅޭ
ހިއުމަން ރިސޯސް ޑިވިޝަން،
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ވެލާނާގެ، 5 ވަނަ ފަންގިފިލާ، މާލެ، 20096، ދިވެހިރާއްޖެ.
ފޯން: 3018300
ވެބްސައިޓް: www.environment.gov.mv
ނޯޓް: ސީނިއަރ ޓެކްނިކަލް މަގާމުތަކަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން، ކޮންމެ ދާއިރާއަކުން ޝަރުތު ހަމަވާ 01 ކެންޑިޑޭޓަކު، މި މިނިސްޓްރީއިން ނޮމިނޭޓް ކުރާނެއެވެ. މި ނޮމިނޭޝަން ބިނާވާނީ ކެންޑިޑޭޓުންގެ ތައުލީމީ ފެންވަރަށާއި ތަޖުރިބާ ބަޔާންކޮށްދިނުމަށް ހުށަހަޅާ ލިޔެކިޔުންތަކުގެ މައްޗަށެވެ. އަދި ފައިނަލް ސިލެކްޝަން ގެ ކުރިޔަށް ގެންދާނީ ސަކެޕްގެ ފަރާތުންނެވެ. މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.