ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ކުރެންދޫއިން ގެއެއް ކުއްޔަށް ހިފުމާއިގުޅޭ.

ޅ.ކުރެންދޫގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޑިޒައިން އެންޑް ބިލްޑް އޮފް ހާބަރ އަޕްގުރޭޑް ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށްޓަކައި، މި ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް އަންނަ MTCC ކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި 02 ކޮޓަރި، 02 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް، 03 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް އެފަރާތުން ބޭނުން ވެއެވެ. ވީމާ ކުއްޔަށް ދޫކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 31 އޮގަސްޓް 2025ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.މެއިލް މެދުވެރިކޮށް ފޮނުވާނީ  [email protected] އަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 އޮގަސްޓް 2025
ހޯދާ