މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ މަރާމާތާއި ގުޅޭ

މިސްކިތްތަކުގެ މަރާމާތާއި ބެހޭ:

 

           މިރަށު މަސްޖިދުއްނޫރު، އަންހެނުންގެ މިސްކިތް، ކުޑަ މިސްކިތުގައި ކުރަންޖެހޭ ބައެއްކަހަލަ މަރާމާތުތައް ހުރުމާއިއެކު މިމަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

       

            ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައްކޮށް  ދެއްވުމަށް ޝައުޤުވެރިވެލައްވާ  ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.      

 

ތަން

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ

މަޢުލޫމާތު ދިނުން

01 ސެޕްޓެމްބަރ 2025

ހޯމަ

11:00

ބިޑު ހުށަހެޅުން

07 ސެޕްޓެމްބަރ 2025

އާދީއްތަ

13:15

      

                       

 

27 އޮގަސްޓް 2025
ހޯދާ