މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއަށް ހުށަހެޅި، ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ވެރިފަރާތުން، މި އިއުލާން ގެޒެޓްކުރާ ތާރީޚުން ފެށިގެން 10 ( ދިހަ ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހާޒިރުވެ ދެއްވުމަށް ދަންނަވަމެވެ. އަދި ހާޒިރު ނުވެވޭނެ ބޭފުޅުން، ތިރީގައިވާ މަޢުލޫމާތު [email protected] އީ.މެއިލް ކުރުމަށް ދަންނަވަމެވެ.
- ފޯން ނަންބަރު
- އީ.މެއިލް އެޑްރެސް
- މިހާރު ދިރިއުޅޭ އެޑްރެސް
- މި އިޢުލާނާއި ގުޅިގެން 10 ( ދިހަ ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ޙާޟިރުވެފައިނުވާނަމަ، ނުވަތަ މަޢުލޫމާތު ހިއްޞާކޮށްފައިނުވާނަމަ، އެ ފަރާތްތަކުގެ އުޅަނދުތަކާއި ގުޅިގެން ބަލަމުންދާ މައްސަލައަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދެވިފައިވާ ކަމުގައިބަލައި، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން މިމައްސަލަ މިމިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތިން ނިއްމާނެ ކަމުގައި ދަންނަވަމެވެ.
1- ރަޖިސްޓްރީ ނަންބަރު B1B8291
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
26 އޮގަސްޓް 2025
ހޯދާ