މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށްޓަކައި ވެންޑަރ ރަޖިސްޓަރީ ކުރުމަށް ހުޅުވާލުން

 

           ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ޝޮޕިންގ" އުސޫލުން، ޖުމްލަ އަގު -/35,000 (ތިރީސް ފަސްހާސް ރުފިޔާ) އިން ދަށުގެ މި މިނިސްޓްރީން އެދޭ މަރާމާތުގެ މަސައްކަތްތަކަށް ކުރިއަށް ގެންދާ މަސައްކަތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ މިފަދަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.

 

          ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އިޢުލާނާއެކު ހިމެނިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު ރަޖިސްޓަރީވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3037300 އާ ގުޅުއްވުން އެދެމެވެ.

 

ވެންޑަރ ރަޖިސްޓަރީ ފޯމުގެ ލިންކް:

https://docs.google.com/forms/d/e/1FAIpQLSeJFn-pYKzPBUwPIyaL55J8xuLSbhzB7xHM_FRRMntBhJsnUw/viewform?usp=dialog

26 އޮގަސްޓް 2025
ހޯދާ