މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ހިޔާ މަރާމާތުކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/11

ރައްޔިތުންގެ ހިޔާގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތާބެހޭ މަޢުލޫމާތު

  1. ފުރަތަމަ ފަންގިފިލާގެ އުތުރު ކޮޓަރީގެ ސީލިންގުން ވެއްޓިފައިވާ ބައިގައި ޕީވީސީ ޕެނަލްޖަހާ މަރާމާތުކުރުން، ވެއްޓިފައިވާ ބައިގެ ބޮޑުމިން، 15x15ފޫޓް.
  2. ފުރަތަމަ ފަންގިފިލާގެ ދެކުނު ކޮޓަރީގެ ސީލީންގުން ހަލާކުވެފައިވާ ބައި 6މމ ގެ ފްލައިވުޑްޖަހާ މަރާމާތުކުރުން، ހަލާކުވެފައިވާ ބައިގެ ބޮޑުމިން 24x4ފޫޓް.
  3. ޢިމާރާތުގެ ހުޅަނގު ކުކުޅުވަހިކޮޅުގައި ލައިސާޓު ރޯލުޓިނުޖެހުން.
  4. ޢިމާރާތުގެ ދިގުމިން: 50 ފޫޓް.
  5. ޓިނު ޖަހަންޖެހޭ ފުޅާމިން: 4 ފޫޓް.

ރަޖިސްޓްރީކުރުން

2025 ސެޕްޓެންބަރު 02 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ރައްޔިތުންގެ ހިޔާ މަރާމާތުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2025 ސެޕްޓެންބަރު 02 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2025 ސެޕްޓެންބަރު 03 ވާ ބުދަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ރައްޔިތުންގެ ހިޔާ މަރާމާތުކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.

- ޓެކްސް ކުލިއަރެންސް ރިޕޯޓް.

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު : އަށްޑިހަ އިންސައްތަ

- ތަޖުރިބާ : ދިހަ އިންސައްތަ

- މުއްދަތު : ދިހަ އިންސައްތަ

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
  2. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
  3. ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އިތުރު މަޢުލޫމާތު

  1. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ، 1 (އެކެއް) އަންދާސީ ހިސާބެވެ.
  2. ވިޔަފާރީގެ ވެރިފަރާތް ނޫން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅަން ޙާޟިރުވާނަމަ، އެކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 އޮގަސްޓް 2025
ހޯދާ