މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެނޭޖަރ – ޕަބްލިކް ރިލޭޝަންސް (ޕީއާރް)

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައި މިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ސީނިއަރ މެނޭޖަރ – ޕަބްލިކް ރިލޭޝަންސް (ޕީއާރް)

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މާރކެޓިންގ އެންޑް ޕީ.އާރް / މިފްކޯ ހެޑްއޮފީސް / މާލެ

މުސާރަ:

 20،000.00 ރުފިޔާ އާއި  32،000.00 ރުފިޔާ ދެމެދު

ޝަރުޠު:

-  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމުގެ އިތުރުން މީޑިއާ، ޖާނަލިޒަމް، ކޮމިއުނިކޭޝަން، ޕަބްލިކް ރިލޭޝަންސް ނުވަތަ ޤާނޫނީ ދާއިރާއި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

-  (މަޤާމުގެ މަސައްކަތާ ގުޅުންހުރި އެއްދާއިރާ އަށްވުރެ ގިނަ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)

މަޤާމުގެ މަސްއޫލިއްޔަތުތައް

-   ކުންފުނީގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، މީޑިއާއަށް ފޯރުކޮށްދޭންޖެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުން.

-  ކުންފުނިން ރައްޔިތުންނާ ހިއްސާކުރަން ބޭނުންވާ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިސްވެ އުޅުން.

-  ކުންފުނީގެ ފަރާތުން މީޑިއާއަށް އިންޓަވިއުތައް އިންތިޒާމުކޮށްދިނުމާއި އިންޓަވިއު ދިނުން.

-   ކުންފުނިން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ސްޓްރެޓެޖިކް ޕްލޭންތައް އެކަށައެޅުން.

-   ކުންފުނީގެ ފަރާތުން ފޯރުކޮށްދެވޭ މަޢުލޫމާތުތަކަކީ ކުންފުންޏާބެހޭ ޤާނޫނާއި މީޑިއާއާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި ކުންފުނީގެ ސިޔާސަތުތަކާއި އުޞޫލުތަކާ ފުށުނާރާ މަޢުލޫމާތުތަކެއްކަން ކަށަވަރުކުރުން.

-   މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ކުންފުންޏަށް ލިބޭ ހުށަހެޅުންތަކުގެ އަޕްޑޭޓް ބަލަހައްޓައި އިންފޮމޭޝަން އޮފިސަރުގެ މަސައްކަތްތައް ވިލަރެސްކުރުން.

-   މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނީގެ މަޢުލޫމާތު ބެލެހެއްޓުމާއި، އަރުޝީފުކުރުމާއި، ދޫކުރާނެ ގޮތުގެ އުޞޫލުތައް ހަރުދަނާކޮށް، އެ އުޞޫލުތަކަށް ޢަމަލުކުރެވޭކަން ކަށަވަރުކުރުން.

-   މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އިދާރާތަކުން ހާމަކުރުމަށް ކަނޑައަޅާފައިވާ މަޢުލޫމާތު ޝާއިޢުކޮށް އަދާހަމަކޮށް ބެލެހެއްޓޭކަން ކަށަވަރުކުރުން.

-   ކުންފުނީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ޓެކްނިކަލް ލަފަޔާއި އިރުޝާދު ދިނުމާއި އެފަދަ އިޞްލާޙްތަކާއި ތަރައްޤީ ގެނައުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުން.

-   ކުންފުނީގެ މަސައްކަތްތަކާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ވީޑިއޯ ސީރީޒް އާއި ތަފާތު އެކި ޕަބްލިކް ރިލޭޝަންސް ކެމްޕެއިންތައް ޑިޒައިން ކުރުމުގައި އެހީތެރިވެ، އެ ކެމްޕެއިންތަކަށް އުފައްދާ ވީޑިއޯތައް ހުށަހަޅައިދިނުމާއި އޯޑިއޯތަކަށް އަޑުއެޅުން.

-   ކުންފުނިން ހިންގާ ތަފާތު ހަރަކާތްތަކާއި މަސައްކަތްތަކުގެ ފޮޓޯ/ވީޑިއޯ ނަގައި ތަފާތު މީޑިއަމްތަކަށް ކޮންޓެންޓް ތައްޔާރުކުރެވޭނެ ގޮތް ހަމަޖެއްސުން.

-   ހުރިހާ ޕްލެޓްފޯމްތަކެއްގައި ކުންފުނީގެ އަގުތަކާއި ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެއް ހަމައެއްގައި ބްރޭންޑް އައިޑެންޓިޓީ ދެމެހެއްޓުމުގައި ކުންފުނީގެ އެހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.

-   ކުންފުނިން ނެރޭ ނޫސްބަޔާންތަކާއި ޚަބަރާއި މަޢުލޫމާތުތައް ކުންފުނީގެ ސިޔާސަތުތަކާ ފުށުނާރާނެހެން ލިޔުމާއި ޕްރޫފްރީޑް ކުރުމާއި މީޑިއާއަށް ފޯރުކޮށްދިނުން.

-  ކުންފުނީގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމަކީ ދެފުށްފެންނަ، ޖަވާބުދާރީވަނިވި އަދި ރައްޔިތުންނާއި މީޑިއާއާއެކު އޮންނަ ގުޅުން ހަރުދަނާކޮށްދޭ ނިޒާމަކަށް ހެދުން.

 

އިންޓަރވިއުކުރުން:

-  އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ ދެފުށް ފެންނާނޭހެން.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

-  މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

-  ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

-  ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

-  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

-  ޕޮލިސް ރިޕޯރޓް

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-  އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.

-  މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ބަލާނީ ކެންޑިޑޭޓްގެ ތަޖުރިބާއާއި، ތަޢުލީމާއި، މަޤާމުގެ މަސައްކަތަށް ޤާބިލު ފަރާތެއްކަން އިންޓަރވިއުގައި ސާބިތުކޮށްދޭ މިންވަރެއްގެ މައްޗަށެވެ.

- މި މަޤާމަށް މީހަކު ހޮވުމުގައި ތަޢުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓް ދޭނީ މި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ސައްޙަކަން ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.

- އިންޓަރވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަށް ޙާޟިރު ނުވެވިއްޖެނަމަ، ފަހުން އިންޓަރވިއު ނުދެވޭނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

-  ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ  31 އޮގަސްޓް 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

- މި މަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު އެންމެ މަތިން މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

26 އޮގަސްޓް 2025
ހޯދާ