މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކޮޅު އަވަށުން ހުސްވެފައިވާ 01 ގެވަޅު ލައިޖެއްސުމަށް ހުޅުވާލުމާ ގުޅޭ

2022 ވަނަ އަހަރު ނ.ކެނދިކުޅުދޫން ދޫކޮށްފައިވާ 3000 އަކަފޫޓޫގެ ގެވަޅުތަކުގެ ތެރެއިން، ކެނދިކޮޅު އަވަށުން ދޫކުރެވިފައިވާ ގެވަޅުތަކުން 01 ގެވަޅު ހުސްވެފައިވާތީ، މި ގެވަޅަށް ލައިޖައްސަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. މި ގެވަޅާއި ލައިޖެއްސުމަށް ފުރުސަތު ލިބޭނީ، ނ. ކެނދިކުޅުދޫން މިހާތަނަށް ގެވަޅުލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ، ކެނދިކޮޅު އަވަށުން ހުސްވެފައިވާ މި ގެވަޅަށް ލައިޖައްސަން ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް 3 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މި ފޯމު ފުރިހަމަކުރުމަށް ފަހު ފޮނުވަންވާނެއެވެ. މި ގޯއްޗައް 1 ފަރާތަށްވުރެ ގިނަ ފަރާތުން ލައިޖެއްސުމަށް ހުށަހަޅުއްވާފައިވާނަމަ، ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާޒިރުގައި ގުރުއަތުލުމެއް 7 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހު 13:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމް (ކެނދި މާލަމް) ގައި ބޭއްވޭނެއެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/ujuPNHS8pP

ގުރުއަތުލުމަށް ވަޑައިގަންނަވާއިރު ގެންނަން ޖެހޭ ތަކެތި؛

  1. ލައިޖައްސަން އެދި ހުށަހަޅާ ސިޓީ
  2. ގޯތީގެ ރަޖިސްޓްރީ ކޮޕީ
  3. އައިޑީކާޑު ކޮޕީ

02  ރަބީޢުލްއައްވަލް 1447

25   އޮގަސްޓް   2025

25 އޮގަސްޓް 2025
ހޯދާ