މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން ކުރިއަށްގެންދާ ނޭޝަނަލް އޯޒޯން ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން އިންޓަރނޭޝަނަލް ޑޭ ފޯރ ދަ ޕްރިޒަވޭޝަން އޮފް ދި އޯޒޯން ލޭޔަރ ނުވަތަ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ފާހަކަކުރަމުން އަންނަ ދުނިޔޭގެ އޯޒޯން ދުވަސް މި އަހަރުވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް މި މިނިސްޓްރީ އިން ދަނީ ހަރަކާތްތަކެއް ރާވަމުންނެވެ.

އަދި އޯޒޯން ދުވަސް ފާހަގަކުރުމުގެ އިތުރުން ވިއެނާ ކޮންވެންޝަނަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި، 19 ސެޕްޓެމްބަރު 2025 ވާ ހުކުރު ދުވަހު ބޭއްވުމަށް ރާވަމުންދާ މި ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަމާއި، އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ބައިނަލްޢަޤްވާމީ އެއްބަސްވުންތަކުގެ ދަށުން އަންނާނެ ބަދަލުތަކާއި، މި ބަދަލުތަކަށް ޢަމަލުކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ހިމެނޭހެން އާންމު ހޭލުންތެރިކަން އިތުރުކުރުމެވެ.    މި އިވެންޓްގެ ތެރޭގައި ހިމެނޭ އިންޓަރެކްޓިވް ސްޓޯލްތަކުގެ ތެރެއިން އެކި ފަރާތްތަކުން ކުރަމުންގެންދާ ތިމާވެއްޓާ ރައްޓެހި ހަރަކާތްތައް ދައްކާލުމުގެ އިތުރުން ލޭޒަރ ވޯލް އެއްވެސް ހިމެނެއެވެ.

މި ހަރަކާތުގެ ތެރޭގައި ކާބޯތަކެތި ވިއްކާ ސްޓޯލްތަކެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ވެންޑަރުންނަށް އެ ތަނުގައި 10x10 ފޫޓް ސްޓޯލްގެ ޖާގައެއް ފޯރުކޮށްދެވޭނެއެވެ. އަދި އެމީހުންގެ ކާބޯތަކެތި ސީދާ އިވެންޓަށް ހާޒިރުވާ ފަރާތްތަކަށް ވިއްކޭނެ އުސޫލު ހަމަޖެހިފައިވާނެއެވެ. މި އިވެންޓްގެ އެންމެހާ ހަރަކާތްތައް ކުރިއަށްދަނީ، ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމުގެ ގޮތުން، ކާބޯތަކެތި ވިއްކުމުގައި އަމަލުކުރުމަށް ގައިޑްލައިންތަކެއް އެކުލަވާލާ، މި އިއުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ. އަދި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑިވެސް މަޢުލޫމާތު ޝީޓުގައި ހިމަނާފައިވާނެއެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ މައުލޫމާތު ޝީޓު މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 01 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިންނެވެ. މައުލޫމާތު ހުށަހަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިން [email protected] އަށެވެ.

މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 3018367/3018368 އަށް ގުޅުއްވުން އެދެމެވެ.

 

19 އޮގަސްޓް 2025

25 އޮގަސްޓް 2025
ހޯދާ