ދިވެހިރާއްޖެ
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ތުލުސްދޫ،
ދިވެހިރާއްޖެ
ނަމްބަރު: H4C-A/2025/13
އިޢުލާން
މިކޯޓުގެ ހުނޅަގުފަރާތުގެ ފާރުން ބައެއް ތަޅާލާ އެތަން ރާނާ ސިމެންތި ޖާހާނެފަރާތެއް ހޯދުން
މިކޯޓުގެ ހުނޅަގުފަރާތުގެ ފާރުގެ 6ފޫޓް 5ފޫޓްގެ ބައެއްތަޅާލައި، އަމިއްލަތަކެތީގައި ރާނާ ސިމެންތި ޖަހާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 އަށް މަޢުލޫމާތު ސާފުކުރުމަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ.
އަދި ތިރީގައިވާ ގޮތުގެމަތިން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބް ހުށަހަޅާ ތާރީޙް: 14 ސެޕްޓެމްބަރ 2025
އަންދާސީ ހިސާބް ހުށަހަޅަންޖެހޭ ސުންގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭތަން: ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޓުގެ 6640338/6640342 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
02 ރަބީޢުލްއައްވަލް 1447
25 އޮގަސްޓް 2025