މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު އަތޮޅު ޤުރްއާން މުބާރާތުގައި މ. މަޑުއްވަރީން ބައިވެރިވާ، ބައިވެރިންނަށް ޤުރްއާން ފަރިތަކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

        މުލަކަތޮޅު އަތޮޅު ޤުރްއާން މުބާރާތުގައި މ. މަޑުއްވަރީން ބައިވެރިވާ، ބައިވެރިންނަށް ޤުރްއާން ކިޔަވައިދީ މުބާރާތަށް  ( 18 ސެޕްޓެމްބަރު 2025 އިން 18 އޮކްޓޯބަރު 2025 އަށް މ. މަޑުއްވަރީގައި ޤާއިމުވެ ހުރެ ފިޒިކަލީ ކްލާސްތައް ހިންގާގޮތަށް ) ތަމްރީން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ކުރިމަތިލެއްވޭނީ ދަށްވެގެން ޤާރީލެވެލް 5 ގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ. މިކަމަކީ އުނގަންނައިދިނުމުގެ އިތުރަށް، މުބާރާތަކަށް ބައިވެރިން ތައްޔާރުކުރުން ކަމަށްވާތީ، ޤުރުއާން އުނގަންނައި ދިނުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާހުރި ފަރާތަކަށްވާންވާނެއެވެ. ޤުރްއާން ކިޔަވައިދީ ފަރިތަކޮށްދޭނެ ފަރާތެއް ހޮވުމުގައި ލިބިފައިވާ ތަޖުރިބާއަށާއި މިރޮނގުން އެންމެމަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

         މިމަސައްކަތް ކުރުމަށް ކަނޑައެޅޭ ފަރާތުން ތަމްރީނު ހިންގުމަށް ބޭނުންވާ ތަނާއި އަދި ވަޞީލަތްތައް ހަމަޖެއްސުމުގެ އިތުރުން ހުރުމާއި ކެއުން އަދި އަންނައުނު ދޮވުމުގެ އިންތިޒާމުތައް ހަމަޖައްސާނީ މިމަސައްކަތް ހަވާލުކުރާ ފަރާތުން ކަމުގައި ދަންނަވަމެވެ.

        މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025  ސެޕްޓެމްބަރު 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ކިޔަވަދެވޭނެ އަގު ( ދުވާލަކަށް އަދި 1 މަސްދުވަހަށް އެނގޭގޮތަށް )  ހުށަހެޅުއްވުން އެދެމެވެ.  ކޯޓޭޝަނާއެކު ތަޢުލީމީ ސެޓްފިކެޓާއި ދ.ރ.އ ކާޑު ސާފު ކޮޕީ އަދި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް ހުށަހަޅަނީ މިކައުންސިލްގެ [email protected] އަށެވެ. މި އިޢުލާނާއެކު މިމަސައްކަތައް ފަރާތެއް ކަނޑައެޅުމުގައި ޕޮއިންޓް ދޭނެ ގޮތުގެ ތަފްޞީލު ހިމެނިފައިވާނެކަމުގައި ދަންނަވަމެވެ.

        މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅު ފަރާތްތަކުން ގުޅުއްވާނީ ކައުންސިލްގެ ނަންބަރު 6720072 ފޯނަށެވެ. 

ޕޮއިންޓް ދޭނެ ގޮތުގެ ތަފްޞީލު :  

1- ހުށަހަޅާ އަގަށް %80

2- އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓަށް

2.1 ލެވަލް 5 ގެ ސެޓްފިކެޓަށް - %5

 2.2 ލެވަލް 7 ގެ ސެޓްފިކެޓަށް –

 2.3 ލެވަލް 9 ސެޓްފިކެޓަށް -

3- ކިޔަވަދިނުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް % 5

3.1 އަހަރަކަށް %1

3.2 5 އަހަރު ނުވަތަ އެއަށްވުރެއް އިތުރު މުއްދަތަށް %5

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 އޮގަސްޓް 2025
ހޯދާ