މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީ ގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން.

މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)30-A2/30/2022/149 (13 އޮގަސްޓް 2025) އިޢުލާނާ ގުޅިގެން ކުރިއަށް ގެންދެވުނު ނީލަން ކިއުމުގައި ބައިވެރިވެލެއްވި އެއްވެސް ފަރާތުން ތަކެތި ބައްލަވައި ގަތުމަށް ޝައުޤުވެރިކަން ފައުޅު ކުރައްވާފައި ނުވާތީ އަލުން އެތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔަން ހަމަޖެހިފައިވާތަން :   ވެލާނާގެ 7 ވަނަ ފަންގިފިލާ
  2. ނީލަން ކިޔާ ތަކެތި ދެއްކުން:       27 އޮގަސްޓް 2025 ވަނަ ދުވަހުގެ 9:00
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:  07 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި
  4. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު:  ދުވަހު ނީލަމުގައި
  5. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3339251، 3322625

މި އިޢުލާނާ އެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތު (އަގާއެކު) އެއް ހީރަސް ކުރެވިފައި އެވަނީއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި ނީލަމުގައި ބައިވެރިވެވަޑައި ގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން އަންގައި އިޢުލާންކުރީމެވެ. 

25 އޮގަސްޓް 2025
ހޯދާ