ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބެޗްލަރ އޮފް ސައިންސް (އޮނަރސް) އިން ފުޑް ސައިންސް (ފުޑް ސޭފްޓީ އެންޑް ކޮލިޓީ އެޝުއަރެންސް) ކޯހަށް އިޢުލާންކުރުން
އިޢުލާން
2025 ވަނަ އަހަރުގެ އޮގަސްޓު މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯހަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 31 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް ހެލްތް ސައިންސަސް
- ބެޗްލަރ އޮފް ސައިންސް (އޮނަރސް) އިން ފުޑް ސައިންސް (ފުޑް ސޭފްޓީ އެންޑް ކޮލިޓީ އެޝުއަރެންސް) – ފުލްޓައިމް (ފޭސް ޓު ފޭސް) – ކ.މާލެ
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2025 - Term 2
27 ޞަފަރު 1447
21 އޮގަސްޓް 2025
ހޯދާ