ދިވެހިރާއްޖެ
އިޢުލާން
ޅ. ހިންނަވަރުން ގެއެއް ކުއްޔަށް ހިފުމާއި ބެހޭ
ޅ.ހިންނަވަރު ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓްގެ ބާކީހުރި މަސައްކަތް ނިންމުމަށްޓަކައި، ސެޕްޓެންބަރ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އަލުން މޮބިލައިޒް ކުރުމަށް ޕްލޭންކުރެވިފައިވާތީ، މި ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ދުރުވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ. (އެމް.ޓީ.ސީ.ސީ) ގެ މުވައްޒަފުން ތިބުމަށްޓަކައި، ހިންނަވަރުން ގެއެއް (މަދުވެގެން 02 ކޮޓަރި، 02 ފާޚާނާ، 01 ސިޓިންގ ރޫމް އަދި 01 ބަދިގެއާއި ކާތަން ހިމެނޭގޮތަށް) 03 މަސްދުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އެކޮމޮޑޭޝަން ހަމަޖައްސައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ސެޕްޓެންބަރ 2025 ވާ ބުދަ ދުވަހުގެ 13:00ށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ގެއެއް ކުއްޔަށް ދޫކުރުމާއި ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ޕްރޮޕޯސަލްއާއިއެކު ތިރީގައި މިދަންނަވާ ލިޔެކިޔުންތައް (ސާފުކޮށް ކިޔަން އެނގޭ) ހުށަހެޅެއްވުން އެދެމެވެ.
- ފުރިހަމަކޮށްފައިވާ ބިޑް ފޯމް (ފޯމް އިޢުލާނާއިއެކު އެޓޭޗްކުރެވިފައ)
- ކޮޓޭޝަން (ކުއްޔަށް ދޫކުރެވޭނެ އަގު ކޮޓޭޝަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.)
- ގޭގެ ރަޖިސްޓްރީ ކޮޕީ
- ގޭގެ ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ
- އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ، ގޭގެ ވެރިފަރާތުން ކަމުގައިނުވާނަމަ، ސޮއި ކުރައްވާނެ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ
- ކުލި ޖަމާކުރާނެ އެކައުންޓްގެ ވެރި ފަރާތުގެ އައި.ޑީ ކާޑު ކޮޕީ އާއި އިޢުތިރާޟެއް ނެތް ކަމުގެ ލިޔުން
- ކުލި ޖަމާކުރާނެ އެކައުންޓްގް ބޭންކް ސްލިޕް
- ގޭގެ އިންވެންޓްރީ ލިސްޓް އާއި ރީ-އިމްބަރސްމަންޓް ލިސްޓް (ކޮންޓްރެކްޓް ނިމުމުން އަނބުރާ ދައްކަންޖެހޭ ތަކެތީގެ ލިސްޓް)
- ގޭގެ ފެން މީޓަރު ނަމްބަރާއި ކަރަންޓް މީޓަރ ނަމްބަރު
ލިޔެކިޔުންތައް ހަމަނުކޮށް ހުށަހަޅާ ޕްރޮޕޯސަލްތަކާއި އަދި ގަޑިޖެހުމުގެފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ.