ދިވެހިރާއްޖެ
ނީލަން ކިޔާ ދޯނީގެ ތަފުޞީލު |
|
ތަކެތީގެ ތަފްޞީލް |
1 ދޯނި (G1454B-01 07-K) |
ނީލަން ފެށޭ އަގު |
3,500,000 (ތިންމިލިއަން ފަސްލައްކަ ރުފިޔާ) |
ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު |
50,000 (ފަންސާސް ހާސް ރުފިޔާ) |
މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން |
ދޯނި ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 13:00 ށް މިއިދާރާއަށް ވަޑައިގަތުމުން އުޅަނދު ދައްކާލުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ. |
އަގު ހުށަހަޅާނެ ތާރީޚް |
ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން އަގު ހުށަހެޅުމަށް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ފޯމް، ކޮންމެ ދުވަހެއްގެވެސް 12:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް، ނުވަތަ މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ކޮންމެ ދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގައި މިއިދާރާގެ ވެބްސައިޓް https://kolhufushi.gov.mv/download ގައި ޢާއްމު ކުރެވޭނެއެވެ. (ބަންދު ދުވަސްތައް ނުހިމަނާ) |
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
ހުށަހަޅުއްވާ އެންމެ މަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ. |
ތަކެތި ހުރި ތަން |
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ |
މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން |
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ |
އިތުރު މަޢުލޫމާތު |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7870570 އަށެވެ. |
ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެންނެވެ. ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަށް ނީލަން ނިންމާ ލެވޭނެއެވެ. ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 03 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކުމަށްފަހު 7 ދުވަސް ތެރޭގައި ތަކެތި ގެންދަންވާނެއެވެ.
އަދި ދެންނެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެފުރުސަތު ދެވޭނެއެވެ. ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތުންވެސް ފައިސާ ނުދައްކައިފިނަމަ 3 ވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެ ފުރުސަތު ދެވޭނެއެވެ. 3 ވަނައަށް ފުރުސަތު ދެވުނު ފަރާތުން ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ.