ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ހިންނަވަރު ރީތިބީޗް ސަރަހައްދުގައި ހުރި އޮޑިދޯނިފަހަރު، އަލަށްހެދި އޮޑިއެހެލާ ސަރަހައްދަށް ބަދަލުކުރުމާއި ބެހޭ

ޅ.ހިންނަވަރު ރީތިބީޗް ސަރަހައްދުގައި ހުރި އޮޑިދޯނިފަހަރު 28 އޮގަސްޓް 2025ވާ ބުރާސްފަތި ދުހަވުގެ 12:00ގެ ކުރިން، ޅ. ހިންނަވަރުގައި އަލަށްހެދި އޮޑިއެހެލާ ސަރަހައްދަށް ބަދަލުކުރުމަށް އެންގީމެވެ. މި މުއްދަތުގެ ތެރޭގައި އޮޑިއެހެލާ ސަރަހައްދަށް ބަދަލުނުކުރާ އޮޑިދޯނިފަހަރު ކައުންސިލުން ބަދަލުކުރާނޭ ވާހަކަވެސް އެންގީމެވެ. އަދި އޮޑިދޯނިފަހަރު ކައުންސިލުން އޮޑިއެހެލާ ސަރަހައްދަށް ބަދަލުކުރުމުގެ ތެރޭގައި ދިމާވެދާނެ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21 އޮގަސްޓް 2025
ހޯދާ