ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1/107 މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޮންމެ 04 މަހަކުން އެއްފަހަރު ކައުންސިލުން ނިންމާ މުޙިއްމު ނިންމުންތަކުގައި ރައްޔިތުންނާ މަޝްވަރާކުރުމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުގެ މަތިން 2025 ވަނަ އަހަރު ދެވަނަ 04 މަހުގައި ބާއްވަންޖެހޭ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. މި ބައްދަލުވުމުގެ އެޖެންޑަރ މި އިޢުލާނާއިއެކުގައި އެވަނީއެވެ.
ވީމާ، މިބައްދަލުވުމަށް ވަޑައިގެންދެއްވުންއެދި ގަމުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
21 އޮގަސްޓް 2025
ހޯދާ