| މަގާމު:                   ބޭނުންވާ ޢަދަދު: ބޭނުންވާ މުއްދަތު: ސެކްޝަން / ޔުނިޓް: އޮފީސް: ވަޒީފާ އަދާކުރަންޖެހޭ ތަން: މުސާރަ: | އިންޓާން 1 (އެކެއް) 06 މަސް ޕްރޮކިއުމަންޓް ޔުނިޓް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ ހާޒިރުވާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ | 
| މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: | 
| 
ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.ޕްރޮކިއުމަންޓު މަސައްކަތްތައް ކުރުމުގައި ހުއްދަ ދިނުމަށް ދަރަޖަ ކުރެވިފައިވާ ގޮތާއި ހުއްދަ ދެވޭނޭ އަދަދާއި، ހުއްދަ ދެވޭނޭ ފަރާތްތައް ދެނެގަނެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިވާން މަސައްކަތްކުރުން.  މި އޮތޯރިޓީއަށް ބޭނުންވާ ތަކެތި ހޯދުމުގައި މާލިއްޔަތުގެ ޤަވާޢިދާއި އުސޫލްތަކާ އެއްގޮތަށް ތަކެތި ހޯދުމާއި، ހޯދޭ ތަކެތި ޙަވާލުކުރަންޖެހޭ ފަރާތާއި ޙަވާލުކޮށް ލިޔެކިއުންތައް ބެލެހެއްޓުމުގައި ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިވުން.ޕްރޮކިއުމަންޓުން ތައްޔާރުކުރަންޖެހޭ ސިޓީ، ނޯޓް، ޕީއޯ، އިޢުލާންފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.މިއޮތޯރިޓީގެ ސްޓޮކަށް ބޭނުންވާ ތަކެތި މާލިއްޔަތުގެ ވަވާއިދާ އެއްގޮތަށް ހޯދުގެ މަސައްކަތްތައް ކުރުން.   މިއޮތޯރިޓީން ހިންގާ ޓްރޭނިންގ، ވޯރކްޝޮޕް، ސެމިނަރ ފަދަ ކަންކަމަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތްތައް ކުރުން.މި މިއޮތޯރިޓީގެ މުވައްޒަފުން ރަސްމީކޮށް ކުރާ ދަތުރުތަކުގެ ޓިކެޓް ނެގުމުގެ މަސައްކަތްތައް ޤަވާޢިދުން ކުރުން.  މިއޮތޯރިޓީއަށް ހުށަހެޅޭ ބިލްތަކާއި އިންވޮއިސް ތަކުގެތެރެއިން ޕްރޮކިއުމަންޓާއި ޙަވާލުކުރާ ބިލްތަކަށް ފައިސާ ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން އޮންނަ މުއްދަތަށް ކުރުމަށް ފައިނޭންސް ޔުނިޓާއި ޙަވާލުކުރުން.މިއޮތޯރިޓީން ނީލަންކިއުމަށް ހުންނަ މުދާ ނުވަތަ ނައްތާލުމަށް ހުންނަ މުދާ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.   10. އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެހީތެރިވުން.   11. އެސްޓިމޭޓްތައް ބަލައިގަތުމުގެ މަސައްކަތްތައް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.   12. މިއޮތޯރިޓީގެ އަހަރީ ރިޕޯޓް، ބަޖެޓް އަދި ޔައުމިއްޔާ ތައްޔާރުކުރުމަށްޓަކައި ޕްރޮކިއުމަންޓުން ދޭންޖެހޭ މައުލޫމާތު ދިނުމުގެ މަސައްކަތްތައް ކުރުން. | 
| މަގާމުގެ ޝަރުތުތައް: | 
| 
ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސް ވެފައިވުން ( ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން)، ނުވަތައޭލެވެލް ފުރިހަމަ ކޮށްފައިވުމާއެކު ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން.   ނޯޓް: މަޤާމަށް މީހަކު ނެގުމުގައި ކޮމްޕިއުޓަރއަށް އަހުލުވެރި ފަރާތްތަކަށް ބޮޑަށް އިސްކަން ދެވޭނެއެވެ. | 
| ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް: | 
| 
އިންޓާންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނެގޮތަށް).އިންޓާންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ( މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ | 
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | 
| މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 01 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| ޝޯޓް ލިސްޓް ކުރުން: | 
| މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ. | 
| އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  02 – 11 ސެޕްޓެންބަރު 2025 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | 
| ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން: | 
| އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
|  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ. |