ދިވެހިރާއްޖެ
އިޢުލާން
ހިންނަވަރު ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ވޮލީބޯޅައިގެ ރޫޙު ދިރުވައި އާލާކޮށް ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމަށާއި ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި ކައުންސިލުން އިންތިޒާމްކޮށްގެން 24 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު ހިންނަވަރު ރީތި ބީޗުގައި ސްޕައިކަރ ބީޗްވޮލީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ގޫގަލް ފޯމް މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ. މުބާރާތުގެ އުސޫލު މިއިޢުލާނާއެކު ޢާންމުކުރި ވާހަކަވެސް ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ "ޓީމް ލިސްޓް ހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާޢިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 6620301 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ. ގޫގަލް ފޯމް ލިންކް: https://forms.gle/9H36Ujir9ZtorTpB6
|