ދިވެހިރާއްޖެ
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން އިސްނަގައިގެން "ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ނަމުގައި އޮންލައިން ތަމްރީން ޕުރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕުރޮގްރާމްއަކީ ދިވެހީންގެ އަސްލުތަކާއި ދިވެހިވަންތަކަމުގެ ސިފަތަކާއި ދިވެހި ސަގާފީ ހަނދާންތައް ގެއްލެމުންދާތީ، ދިވެހީންގެ ހަނދާންތައް ޖީލުންޖީލަށް އާލާކުރުމުގެ ސަގާފަތް ދިވެހީންގެ މެދުގައި
އަށަގެންނެވުމަށް ކުރެވޭ މަސައްކަތެކެވެ.
މަޝްރޫޢުގެ ލަނޑުދަނޑިތައް:
1- ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި، އެ ރަށެއްގައި، އެ ރަށެއްގެ ވާހަކަތަކާއި ސަގާފި ހަނދާންތަކާއި ތާރީޚް އެއްކޮށް، އެ ރަށަކަށް ޚާއްސަވާ މަޢުލޫމާތުތައް ދަސްކޮށް ފޯރުކޮށްދޭނޭ ބަޔަކު އުފެއްދުން
2- ދިވެހިންގެ ވަޒަންވެރިކަމާއި އަސްލުވަންތަކަމުގެ ވާހަކަތަކާއި، ދިވެހިބަހުގެ އަޑުތަކާއި ބަހުރުވަތަކާއި، ދޫދޫމަތިން ކިޔާއުޅުނު ވާހަކަތަކާއި، ދިވެހިންގެ މަސައްކަތްތެރިކަމާއި އާދަކަދައާ ގުޅޭ ހަނދާންތައް،
އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޓަކައި ރިކޯޑުކޮށް ރައްކާތެރިކުރުން
3- ޢިލްމީ އަދި ދިރާސީ މަސައްކަތްތަކުގެ ތެރެއިން، ތަޢުލީމާއި އިޤުތިސާދީ މަސައްކަތްތަކުގައި ބޭނުންކުރެވޭނެގޮތަށް ދިވެހީންގެ ވާހަކައާއި އުފެއްދުންތައް ފަރުމާކުރުމަށް ބޭނުންވާ މަޢުލޫމާތު ޢަރުޝީފުކުރުން.
ތަމްރީނުން ދަސްވާނެ ހުނަރުތައް
1- ދުވަސްވީ މީހުންގެ ވާހަކަތައް އެއްކުރުމުގެ ހުނަރު
2- އިންޓަވިއުކުރުމުގެ ހުނަރު
3- ވީޑިއޯގްރަފީ އާއި ފޮޓޯގްރަފީ
4- ޒިޔާރަތްކުރާ މަންޒިލެއްގެ ގޮތުގައި ރަށް އިޝްތިހާރު (މާކެޓް) ކުރުމުގެ ހުނަރު
5- ނޫސްވެރުކަމުގެ ހުނަރު
6- ޕްރޮޖެކްޓް މެނޭޖްމަންޓް
7- ދިރާސާކުރުމުގެ ހުނަރު
8- މީހުންނާއި މުއާމަލާތްކުރަން ދަސްވުން
9- އަމިއްލަ ގުޅުންތައް ދެމެހެއްޓުމުގެ ވިއުގައެއް އުފެއްދުން (ނެޓްވޯކިންގް)
10- ރަށް ދާރުލްއާސާރު (މިއުޒިއަމް) ހަދަން ދަސްވުން
ވީމާ މި ޕުރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޕްރޮގްރާމުގައި ބައިވެރި ވުމަށް އެދޭ ފޯމް ފުރިހަމަ
ކުރުމަށްފަހު ޅ. ކުރެންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
ޕްރޮގްރާމުގައި ބައިވެރި ވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.