މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަކެތީގެ ލޯގޯ ޑިޒައިންކުރުން

1.  ތަޢާރަފު

ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމަށް ރަސްމީ ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލަމެވެ. މި ލޯގޯ ބޭނުންކުރާނީ ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ އަމިއްލަ ތަކެތި ވިއްކުމަށް ބޭނުންކުރާ ބްރޭންޑް ލޯގޯއެއްގެ ގޮތުގައެވެ.

2.   ލޯގޯގެ މަޤްޞަދު

(ހ) ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ އުފެއްދުންތައް މާކެޓުކުރާނެ ބްރޭންޑެއް/ ޕްލެޓްފޯމެއް އޮތުން.

(ށ) ނުކުޅެދުނއްތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމާއި އާމްދަނީއަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.

(ނ)  އުފެއްދުންތަކަށް ބޭނުންކުރާނެ ޕެކޭޖިންގ، ލޭބަލް، އަދި ޕްރޮމޯޝަނަލް މެޓީރިއަލް ގޮތުގައި ބޭނުންކުރުން.

3.   ކުރެހުންތެރިންގެ ޝަރުތުތައް

(ހ) ދިވެހި ރައްޔިތަކަށްވުން.

(ށ) 18 އަހަރުން މަތީގެ ފަރާތަކަށްވުން.

(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްނަމަ އެ ފަރާތަކީ ދިވެހިރާއްޖޭގެ 'ނޭޝަނަލް ޑިސްއެބިލިޓީ ރަޖިސްޓްރީ'

(އެން. އެސް. ޕީ. އޭ) ގައި ދަފްތަރު ވެފައި ވުން، ނުވަތަ އެފަދަ ފަރާތެއްގެ ބެލެނިވެރިޔާ / އެހީތެރިޔާއަށްވުން.

(ރ) ހުށަހެޅޭ ޑިޒައިން އަކީ އެފަރާތެއްގެ އަމިއްލަ މަސައްކަތްތަކަކަށްވުން.

 

4.  ލޯގޯ ފަރުމާ ކުރުމުގައި ބަލަންވީ ކަންތައްތައް

(ހ) ލޯގޯގެ ކުރެހުން ސާފުކޮށް، އަދި އެކި ބޭނުންތަކަށް (ޑިޖިޓަލް އަދި ޕްރިންޓް) ސްކޭލް ކުރެވޭ ގޮތައް ހުރުން.

(ށ) ދިވެހިރާއްޖޭގެ ޘަގާފަތާއި ދިވެހިވަންތަކަން ދައްކުވައިދިނުން

(ނ) އިސްލާމްދީނާ ޚިލާފު އެއްވެސް މަންޒަރެއް ނުވަތަ ނިޝާނެއް ނުހިމެނުން.

(ރ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުކޮށްދިނުމާއި މަސައްކަތްތެރިކަމާއި ހުނަރު ދައްކުވައިދިނުން.

(ބ) ލޯގޯއަކީ އެއް ކުލައަކުން އަދި އެއް ކުލައަކަށްވުރެ ގިނަ ކުލައިންވެސް ބޭނުން ކުރެވޭ ލޯގޯއެއް ކަމުގައި ވުން.

 

5.  ލޯގޯ ހުށަހެޅުމުގެ ގަވާއިދު

(ހ) ލޯގޯ ހުންނަން ވާނީ ހައި ރިޒޮލިއުޝަން އަދި ވެކްޓަރ ފޯމެޓެއްގައެވެ.

(ށ) ލޯގޯ ހުށަހަޅަންވާނީ ހައި ރިޒޮލިއުޝަންކޮށް، (PNG / JPG) އަދި ވެކްޓަރ ފޯމެޓް ގައި

 (EPS / SVG) ފޯމެޓަށެވެ.

(ނ) ލޯގޯ ފައިލްއާއެކު އަންނަވިނި މައުލޫމާތު ހުށަހަޅަންވާނެއެވެ:

ލޯގޯގެ ޑިޒައިނާއެކު ހުށަހަޅާ ފޯމު

އައިޑީ ކާޑު ކޮޕީ

ނުކުޅެދުންތެރިކަން އަންގައިދޭ ކާޑު/ ލިޔުން ނުވަތަ

އެފަދަ ފަރާތެއްގެ ބެލެނިވެރިކަން/ އެހީތެރިޔާކަން ކަޝަވަރުކޮށްދޭ ހެކި.

(ރ) އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ ފޮނުވާނީ [email protected] އަށެވެ.

ވައިބާރ / ވަޓްސް އެޕް މެދުވެރިކޮށް ހުށަހަޅާނީ ފޯނު ނަމްބަރ 7206558 އަށެވެ.       

(ބ) ހުށަހެޅުމުގެ ސުންގަޑި: 25 ސެޕްޓެމްބަރ 2025 23:59 ގެ ކުރިން.

* މަތީގައި ދެންނެވިފައިވާ ފޯމުގެ އިނގިރޭސި އަދި ދިވެހި ފޯމެޓު އިއުލާނާއި އެކު ހިމެނިފައިވާނެއެވެ.

* އޭ.އައި އިން އުފައްދާ ލޯގޯ ބަލައި ނުގަނެވޭނެއެވެ.

 

6.  ލޯގޯ ހޮވުން

(ހ) ލޯގޯތައް މިންކުރާނީ މިނިސްޓްރީއިން އެކުލަވާލާ ޖަޖިންގ ޕެނަލުންނެވެ.

(ށ) ހުށަހެޅުންތައް މިންކުރާނީ، އުފެއްދުންތެރިކަމާއި، ލޯގޯއިން ހާސިލްކުރަން ބޭނުންވާ މަޤްޞަދު ރަމްޒުކޮށްދޭ މިންވަރާއި، ޖުމްލަ ބޭނުންތެރިކަމުގެ މައްޗަށް ބިނާކޮށެވެ.

(ނ) ހޮވޭ ލޯގޯއަށް 5000ރ ފައިސާގެ އިނާމާއި ހަނދާނީލިޔުން ދެވޭނެއެވެ.

(ރ) ހޮވޭ ލޯގޯ ވެގެންދާނީ އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގެ ފިކުރީ މުދަލެއް ކަމުގައެވެ. އަދި މި ވުޒާރާގެ ރަސްމީ ބޭނުންތަކަށް ހޮވޭ ލޯގޯގެ އަސްލު ނުގެއްލޭ ވަރުގެ ކުދި ބަދަލުތަކެއް ގެނެވިދާނެއެވެ.

 

7.  ލޯގޯ ހޮވުމުގައި މިންކުރެވޭނެ ގޮތް

މިންގަނޑު

ސްކޯރިންގ

ލޯގޯގެ މަޤްޞަދު ދޭހަވާ މިންވަރު

30

އަމިއްލަ އުފެއްދުންތެރިކަން ދައްކުވާދޭ މިންވަރު

25

ދިވެހިވަންތަކަން ދައްކުވައިދިނުން

15

އެކި ސްކޭލަށް، އަދި ކަޅާއި ހުދުން، އަދި ކުލަކޮށް ބަދަލު ކުރެވޭ މިންވަރު

10

ލޯގޯ ކުރެހި ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވުން

10

ލޯގޯގެ ކުރެހުން ސާފުކޮށް ފަހުމްވާ މިންވަރު

10

ޖުމްލަ

100

 

8.  އިތުރު މައުލޫމާތު އޮޅުންފިލުވުން:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު/ ވައިބަރ: 7206558 (ރަސްމީ ދުވަސްތަކުގައި 08:00 އާއި 14:00 އާއި ދެމެދު.)
މިނިސްޓްރީ ހޮޓްލައިން: 1433

އީމެއިލް އެޑްރެސް: [email protected]

9.    ޓައިމްލައިން

ލޯގޯ ހުށަހެޅުމަށް އިއުލާން ކުރުން: 20 އޯގަސްޓް 2025

ހުށަހަޅާ ސުންގަޑި: 25 ސެޕްޓެމްބަރ 2025

 ލޯގޯ ހޮވުން: 30 ސެޕްޓެމްބަރ 2025

 ހޮވުނު ލޯގޯ އިއުލާން ކުރުން / އިނާމް ހަވާލުކުރުން: 05 އޮކްޓޫބަރު 2025

 

20 އޮގަސްޓް 2025
ހޯދާ