ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.އޮމަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ދާއިމީ ލިސްޓުގައިވާ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭތަން ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުމާ ގުޅޭ

ތ.އޮމަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރ: 65/2024/394/394(IUL)  (08 ޖުލައި 2024) އިއުލާންއާއި ގުޅިގެން ގޯއްޗަށްއެދި ހުށައެޅިފަރާތްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތަކަށް ގޯތި ލިބޭތަން ކަނޑައެޅުމަށް، "ތ.އޮމަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު"ގެ 26 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދާއިމީ ލިސްޓްގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން 28 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ތ.އޮމަދޫ ސްކޫލްގެ ހޯލުގައި  ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.

 

ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޟިރު ނުވާނަމަ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލުން ކަނޑައަޅާފައިވާ މޮނިޓަރިން ކޮމެޓީގެ މެންބަރުންނެވެ. ގުރުއަތުލުމުގައި ބައިވެރިނުވެވޭ ފަރާތްތަކުން ބަދަލުގައި ބައިވެރިވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަނަން، އައިޑީކާޑު ނަންބަރު، ދާއިމީ އެޑްރެހާއި ގުޅޭނެ ފޯން ނަންބަރު) ހިމެނޭހެން ލިޔުމުން  27 އޮގަސްޓު 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

 

ވީމާ، ތ.އޮމަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކުން ގުރުނެގުމުގައި ބައިވެރިވެ ވަޑައިގެންނެވުން އެދެމެވެ. އަދި މިބައްދަލުވުމުގައި ބައިވެރި ވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

 

ގޯތި ދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓު (ބިން ނަންބަރާއިއެކު) މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

                  މިހެންވެ މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

20 އޮގަސްޓް 2025
ހޯދާ