ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ވިޔަފާރި ކުރުމާއިބެހޭ

28 އޮގަސްޓް 2025 ގައި ފެށޭ ކަނޑުހުޅުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025 ގައި ފުޓްސަލް ދަނޑާއި ވޮލީކޯޓް ހިމެނޭ ސަރަހައްދުގައި ގާޑިޔާ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

-          ވިޔަފާރި ކުރުމަށް ހުއްދަ ދެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

-          ގާޑިޔާ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށައަޅާ 2 ފަރާތަކަށެވެ. އަދި މިކަމަށް ހުށައެޅޭނެ އެންމެ ދަށް އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 500 ރުފިޔާއެވެ.

 

        ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހު 13:00 ށް ކަނޑުހުޅުދޫ ކައުންސިލް އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

20 އޮގަސްޓް 2025
ހޯދާ