ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުކައުންސިލުން ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭ

   އިޢުލާން

             ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، އޯގަސްޓް މަހު ބޭއްވުމަށް ލާޒިމްކުރާ ޢާންމު ބައްދަލުވުން 2025 އޯގަސްޓް 29 ވާ ހުކުރު ދުވަހުގެ ރޭގަނޑު ބާއްވާ ގޮތަށް ރަށުކައުންސިލުން ވަނީ ނިންމާފައެވެ.          

             ވީމާ، ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.

 

      ބައްދަލުވުން އޮންނަ ތާރީޚް:      29 އޯގަސްޓް 2025 (ހުކުރު)

      ތަން:                    ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާ (މީޓިން ރޫމް)

      ފަށާ ގަޑި:                 20:30 (ރޭގަނޑު)

              މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                26 ޞަފަރު 1447

20 އޮގަސްޓް 2025
ހޯދާ