ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުވަޅު ހިމާޔަތް ކުރުމަށް، ވަށާފާރު ރޭނުމާއި ފެންސްޖެހުން (ދެވަނަ އިޢުލާން)

ކޮޅުމަޑުލު މަޑިފުށީ އާޘާރީ ބޮޑުވަޅުގެ ވަށައިގެން ރޭނުމާއި އަދި ފެންސްޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  26 އޮގަސްޓް 2025  އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ބިޑް ހުށައެޅުން އޮންނާނީ 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ރެޖިސްޓްރޭޝަން ފޯމް: https://forms.office.com/r/QnQtpRpqgF

 

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

19 އޮގަސްޓް 2025
ހޯދާ