ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޑީ ބްލޮކު މަރާމާތު މަސައްކަތައް ކޮށްދޭނެ ފަރާތެއް ހޯދުން
ޑީ ބްލޮކު މަރާމާތު މަސައްކަތައް ކޮށްދޭނެ ފަރާތެއް ހޯދުން
- މި ސްކޫލްގެ ޑީ ބްލޮކު (އުތުފަރާތު 2 ފަންގިފިލާ އިމާރާތް) ކުރަންޖެހޭ މަރާމާތު މަސައްކަތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު GS79/2025/43(IUL) ނަންބަރު އިޢުލާން އާ ގުޅިގެން އެކަށީގެންވާ ބީލަމެއް ހުށަހަޅާފައިނުވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 އޮގަސްޓް 19 އިން 2025 އޯގަސްޓް 27 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/N1rWawCUUS7fd7HP7
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮގަސްޓް 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 އޮގަސްޓް 28 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެނީ 3 ވަނަ ނަންބަރުގައި ވާ ގޮތަށް ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
- ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ސެޕްޓެމްބަރ 01 ވާ ހޯމަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އިހަވަންދޫ ސްކޫލް، އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.
- ފޯން: 6501220
- އީ-މެއިލް: [email protected]
19 އޮގަސްޓް 2025
ހޯދާ