ދިވެހިރާއްޖެ
މި އިދާރާގައި ހުރި ބައުވެފައިވާ ތަކެތި ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައި ނުވާތީ، މި ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ. ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި އިތުރު ތަފްސީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 27 އޮގަސްޓު 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިންނެވެ. |
ނީލަން ކިޔުން |
30 އޮގަސްޓު 2025 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި
ނޯޓް: ނީލަމުގައި ބައިވެރިވެވޭނީ، ނީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި މި ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެނައުން އެދެމެވެ. |
ނީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުން |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 3319944 ނުވަތަ އީމެއިލް [email protected] އަށް |
ނީލަން ކާމިޔާބުކުރާ ފަރާތް |
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނެކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ފުރަތަމަ ނީލަމުން ތަކެތި ކާމިޔާބުކޮށް އެތަކެތި ނުގެންދިޔަ ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ވެސް ދެންނެވީމެވެ. |