އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮފީސް އިމާރާތަށް ގެންނަންވާ ބަދަލުތައް ގެނައުން.

އޮފީސް އިމާރާތަށް ގެންނަންވާ ބަދަލުތައް ގެނައުން.

މިކައުންސިލްގެ އޮފީސް އިމާރާތައް ގެންނަންވާ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއްހޯދުމަށް ކުރި ނަންބަރު: (IUL)234-AD/234/2025/17 (ތާރީޚް 08 ޖުލައި 2025) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރީމެވެ.  

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • ‏ ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުން: ގެޒެޓްގައި މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާ ބިޑްރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު 27 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް [email protected]  އަށް މެއިލްކޮށްގެން.
  •  މައުލޫމާތު ދިނުމުގެ ބައްދަލުވުން: 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާގައި.
  •  ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން: 31 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި އިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމުގައި.

މިއިޢުލާނާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތުޝީޓް ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލް ކުރާނެއެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected]  އަށް މެއިލްކުރުން އެދެމެވެ.  އަދި ރެޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަން އަންގާ އިޢުލާނުކުރަމެވެ.

19 އޮގަސްޓް 2025
ހޯދާ