ދިވެހިރާއްޖެ
އިސްލާޙް-1
އިއުލާން ނަންބަރު |
MNU-CA-PAMD/2025/94 |
އިއުލާނުގެ ތާރީޚް |
19 އޮގަސްޓް 2025 |
ބީލަމުގެ ނަން |
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތުގެ ގޯތިތެރެ ރީތިކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް |
މި ޔުނިވަރސިޓީން 07 އޮގަސްޓް 2025 ގައި ކުރި ނަންބަރު: MNU-CA-PAMD/2025/94 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތުގެ ގޯތިތެރެ ރީތިކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް) އިޢުލާނަށް ތިރީގައި މިދަންނަވާ ބަދަލު ގެނެވިފައިވާތީ އެކަން އިޢުލާންކުރަމެވެ.
- މަޢުލޫމާތު ޝީޓަށް ގެނެވިފައިވާ ބަދަލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. މި ބަދަލުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ޝީޓު އަދި ބޯ.އޯ.ކިޔު ގައި ރަތް ކުލައިން ފާހަގަކޮށްފައިވާނެއެވެ :
1.1. މި މަސައްކަތާއި ގުޅިގެން އެކި ސަރަޚައްދުތަކުގައި އިންދާ ގަހުގެ އަގު ބީލަމާއެކު ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް ޔުނިވަރސިޓީން ފައިސާ ދިނުމުން ޔުނިވަރސިޓީން އެދޭ ގަސްތައް ޑެލިވަރކޮށް އިންދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
1.2 ވިނަ އިންދުމަށް ކަނޑައެޅިފައިވާ ސަރަޚައްދުގައި ވިނަ އިންދުމަށް ހިނގާ ޚަރަދު ބީ.އޯ.ކިޔު ގައި ހިމަނަންވާނެއެވެ. މި އަގު މިހާރުވަނީ ބީ.އޯ.ކިޔުގައި ހިމެނިފައެވެ.
1.3 ބީލަން ހުށަހެޅުމަށް ޔުނިވަރސިޓީން ކަނޑައަޅާފައިވާ މުއްދަތު 27 އޮގަސްޓް 2025ވާ ބުދަ ދުވަހަށް ވަނީ ބަދަލު ކުރެވިފައެވެ.
2. މަޢުލޫމާތު ސެޝަން އާއި ގުޅިގެން އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވާ މަޢުލޫމާތު:
2.1. މި މަސައްކަތުގެ ތެރޭގައި ދަވާދު ނުވަތަ ކުލަ ލުމުގެ މަސައްކަތެއް ނުހިމެނޭނެއެވެ. ނަމަވެސް ކުރަން ހުރި މަސައްކަތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ "ކޮންކްރީޓް ފިނިޝިންގ" ގެ މަސައްކަތްތަކެއް ކަމުން މި މަސައްކަތުގެ ކޮންކްރީޓު ފިނިޝިން ހުންނަންވާނީ މަސައްކަގެ ކުރެހުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
3. މިނޫން، އެއްވެސް މައުލޫމާތެއް ނުވަތަ ބަދަލެއް މި އިއުލާނަށް ގެނެވިފައެއް ނުވެއެވެ.