ދިވެހިރާއްޖެ
ލަން ހުށަހެޅުމުގެ ދައުވަތު
އިޢުލާން ނަމްބަރ:76137-IU/PR/2025/ |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/G-42 |
ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް. އަދި ދަރުމަވަންތަ ހޮސްޕިޓަލަށްMobile X-ray machine ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން. |
އައި.ޖީ.އެމް. އަދި ދަރުމަވަންތަ ހޮސްޕިޓަލަށް Mobile X-ray machine ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން 07 ޖުލައި 2025 ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2025/61 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ރިކުއަރމެންޓުފުރިހަމަ ނުވާތީ އެއިއުލާނު ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
# |
Details |
Quantity |
1 |
Mobile X-ray machine
|
03 |
ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
-
ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މަސައްކަތްތަކާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
-
ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ.
-
އަގު ހުށަހަޅާއިރު Installation Commission އަދި Training އަށް ވަކިން އަގު ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ. މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު މި މުއައްސަސާއަށް ލިބިގެންވެއެވެ.
-
ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އިގޭނެ މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް2 އަހަރުދުވަހުގެސްޓޭންޑަރޑް ވޮރެންޓީ ދޭންވާނެއެވެ.
-
ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
-
ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ 30 ދުވަސް ތެރޭގައި ސަޕްލައިކުރަންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
-
ބީލަން / މަސައްކަތްކޮށްދޭނެ އަގު،ޖީއެސްޓީ ހިމަނައިގެން
-
ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
-
ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
-
އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
1 |
އަގު |
100 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
ބީލަން ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް/ އައިޖީއެމް ހޮސްޕިޓަލް
އައި.ޖީ.އެމް. އަދި ދަރުމަވަންތަ ހޮސްޕިޓަލަށްMobile X-ray machine ސަޕްލައިކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
ބީލަން ހުށަހެޅުން
-
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 25 އޯގަސްޓް 2025 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
-
ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
-
ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.
-
ހުށަހަޅާފައިވާ ލިޔުމުގައިއަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.
-
މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
-
ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ،އެ ފަރާތެއް06 މަސްދުވަހުގެމުއްދަތަކަށްސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.
ނޯޓު:
-
ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
-
މިއިޢުލާނާއި ގުޅިގެން އިތުރުމައުލޫމާތުތިރީގައިމިވާއެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް[email protected]
ކޮޕީ: [email protected]