އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ނީލަން ކިޔުމާ ގުޅޭ

އިޢުލާން


ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ދަށުން، މި ކޮމިޝަނުގައި ބޭނުންކުރަމުން އައި ބައެއް ތަކެތި ނީލަންކިޔުމަށް ޝާއިޢުކުރި ނަންބަރު (IUL)123-A/123/2025/60 ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ނީލަންކިޔުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 31 އޯގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން އެންޓި-ކޮރަޕްޝަން ކޮމިޝަން، މ.ފިނިފަރު،07 ވަނަ ފަންގިފިލާއަށް، ސިޓީން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

           މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު ޝީޓް އަދި ސިޓީން އަގު ހުށަހަޅާ ފޯމް އެއްހީރަސް ކުރެވިފައި ވާނެއެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކޮމިޝަނުގެ ނަންބަރު 3015257  ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

 

23 ޞަފަރު 1447
18 އޯގަސްޓް 2025

18 އޮގަސްޓް 2025
ހޯދާ