ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ސައިންސް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިންޖިނިއަރިންގ އަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯހާ ބެހޭ އިތުރު މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ އަލްފާޟިލް އާދަމް ޚާލިދު (ފޯން: 3345455، އީމެއިލް: [email protected]) އަށެވެ.
ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ސައިންސް
ތަޢާރަފް
އެޕްލައިޑް ސައިންސް ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް އިޚްތިޔާރުކުރެވިދާނެއެވެ.
- Doctor of Philosophy (PhD) in Applied Science (Environmental Science)
- Doctor of Philosophy (PhD) in Applied Science (Material Science)
- Doctor of Philosophy (PhD) in Applied Science (Applied Mathematics)
- Doctor of Philosophy (PhD) in Applied Science (Data Science)
- Doctor of Philosophy (PhD) in Applied Science (Chemistry)
- Doctor of Philosophy (PhD) in Applied Science (Computer Science)
- Doctor of Philosophy (PhD) in Applied Science (Physics)
- Doctor of Philosophy (PhD) in Applied Science (Biology)
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިންޖިނިއަރިންގ
ތަޢާރަފް
އިންޖިނިއަރިންގ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް އިޚްތިޔާރުކުރެވިދާނެއެވެ.
- Doctor of Philosophy (PhD) in Engineering (Electrical Engineering)
- Doctor of Philosophy (PhD) in Engineering (Mechanical Engineering)
- Doctor of Philosophy (PhD) in Engineering (Environmental Engineering)
- Doctor of Philosophy (PhD) in Engineering (Computer Engineering)
- Doctor of Philosophy (PhD) in Engineering (Chemical Engineering)
ކޯހުގެ މުއްދަތު: ފުލްޓައިމް 3-4 އަހަރު
ކޯހުގެ މުއްދަތު: ޕާރޓްޓައިމް 6-8 އަހަރު
ކޯހަށް ވަނުމުގެ ޝަރުޠު
- ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ރިސަރޗް ޕްރޮޖެކްޓެއް ނުވަތަ އެއާއެއްފަދަ ރިސަރޗް މަސައްކަތް ހިމެނޭ އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
އިނގިރޭސި ބަހުގެ ފެންވަރު
IELTS އިން ދަށްވެގެން 6.0 ލިބިފައިވުން ނުވަތަ ކެމްބްރިޖް ސެޓްފިކެޓް އޮފް އެޑްވާންސް އިންގްލިޝް (ސީ.އޭ.އީ) އިން ދަށްވެގެން "ސީ" ފާހެއް ލިބިފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.
އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ގެ ސަނަދާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ
- ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ގްރޭޑިންގ ކްރައިޓީރިއާ
- ރިސާރޗް ޕްރޮޕޯސަލް
- ހުށަހަޅާ ފަރާތުގެ ވަނަވަރު
- އެޕްލިކޭޝަނަށް ބާރުދޭ އެހެނިހެން ލިޔެކިޔުން
ނޯޓު: ދިވެހިރާއްޖެއިން ބޭރުން ޙާސިލުކޮށްފައިވާ ސަނަދެއްނަމަ ހުންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކުރެވިފައެވެ. އަދި މީގެ އިތުރުން ހުރިހާ ލިޔެކިޔުންތައްވެސް ހުންނަންވާނީ އެޓެސްޓް ކޮށްފައެވެ.
އިތުރު މަޢުލޫމާތު
ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
Statement of Intent Information of PhD_English.pdf
- ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 20،100.00 (ވިހިހާސް އެއް ސަތޭކަ) ރުފިޔާ އެވެ.
- މި ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ރިސާރޗް ޕްރޮޕޯސަލްގެ ފެންވަރަށެވެ.
- ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީ.ޖީ.ޕީ.އޭ އަށް ބަލައިގެންނެވެ. ސީ.ޖީ.ޕީ.އޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ ސީ.ޖީ.ޕީ.އޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ މި ޔުނިވަރސިޓީގައި ސީ.ޖީ.ޕީ.އޭ ކަނޑައަޅާ އުސޫލަށެވެ.