ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
| މަޤާމު: | ޖޫނިއަރ އޮފިސަރ | 
| ބޭނުންވާ ޢަދަދު | 1 | 
| ވަޒީފާގެ ބާވަތް | ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން) | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | އެޑްމިން އެންޑް ޕްރޮޕަރޓީ މެނޭޖްމަންޓް ޑިޕާރޓްމަންޓް / ހެޑް އޮފީސް | 
| އަސާސީ މުސާރަ: | 3,100.00 ރުފިޔާ - ސާރވިސް އެލަވަންސް: 1,860.00 ރުފިޔާ (ބޭސިކް މުސާރައިގެ %60) - މިނިމަމް ވޭޖް އެލަވަންސް:3,441.00 ރުފިޔާ | 
| އިތުރު ޢިނާޔަތްތައް: | - އަދި އިތުރު ގަޑީގައި ނުވަތަ ބަންދުދުވަހެއްގައި މަސައްކަތް ކޮއްފިނަމަ ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ. | 
| ޝަރުޠު: | - ޖީ.ސީ.އޯ ލެވެލްއިން މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން - މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުން. - މައިކްރޯ ސޮފްޓް ވާރޑް އެންޑް އެކްސެލް ގައި މަސައްކަތްކުރަން އެގުން. | 
| މަޤާމްގެ މަސްއޫލިއްޔަތުތައް | - މުވައްޒަފުންގެ މެޑިކަލް ކަންކަން ބެލެހެއްޓުން. - އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ކުރަންޖެހޭ ލޮޖިސްޓިކް މަސައްކަތުގައި އެހީތެރިވުން. - އިދާރީ ގޮތުން ބޭނުންވާ ސިޓީ އާއި އެހެނިހެން ލިޔެކިޔުން ތައްޔާރުކުރުން. - މުވައްޒަފުންގެ މެޑިކަލް ރިކޯރޑް ރައްކާތެރިކަމާއިއެކު ފައިލްކޮށް ބެލެހެއްޓުން. - މުވައްޒަފުންގެ ދަތުރުފަތުރާއި ގުޅޭ ކަންކަން އިންތިޒާމް ކުރުން - ރިސެޕްޝަންގެ މަސައްކަތަށް އެހީތެރިވެދިނުން. | 
| އިންޓަރވިއުކުރުން: | - އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. | 
| ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: | ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް) ބ- ޕޮލިސްރިޕޯޓް. | 
| ތަކެތި ހުށަހަޅަންޖެހޭ އޮފީސް: | - ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 24 އޮގަސްޓް 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ. - މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. | 
- ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.
 
                    