މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 4 ރުއްގަނޑު ވަރުވާ އުޞޫލުން ދޫކުރުމާއި ގުޅޭ

ނަންބަރު: (IUL)303-ISS/303/2025/59

އިއުލާން

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 4 ރުއްގަނޑުވަރުވާ އުޞޫލުން ދޫކުރުމާއި ގުޅޭ

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 4 ރުއްގަނޑު ވަރުވާ އުޞޫލުން  2 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

              ވީމާ، ރުއްގަނޑު ވަރުވާ އުޞޫލުން ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރައަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބިޑުހުށަހެޅުން އޮންނާނީ 2025 އޮގަސްޓް 31 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ބޭރުގައި "މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ މަތީ ކަނުގައި "ވަރުވާ އުޞޫލުން ރުއްގަނޑު ހޯދުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

                  ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ނުވަތަ ފަރާތެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

17 އޮގަސްޓް 2025
ހޯދާ