މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި އުޅަނދުފަހަރު އެޅުމަށްޓަކައި އެކުލަވާލެވުނު އުސޫލާއި އެއްގޮތަށް އުޅަނދުތައް ކަނޑައެޅިފައިވާ ސަރަހައްދު ތަކަށް ބަދަލުކުރުމާއި ގުޅޭ

      އެކިފަހަރުމަތީން ރައްޔިތުންގެ މަޝްވަރާ ހޯދުމަށްފަހު ބަދަރުގައި އުޅަނދުފަހަރު އަޅާނެގޮތުގެ އުސޫލެއް ތައްޔާރުކުރެވި އުޅަނދުތައް ބަނދަރުގައި އަޅާފައި ހުންނާނެގޮތުގެ ކުރެހުން ތައްޔާރުކުރެވި މިޢިއުލާނާއެކު ޢާއްމުކުރެވިފައި މިވަނީ އެވެ. އުޅަނދުތައް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ބަދަލުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން މިހާރުވާނީ ބަނދަރުތެރެއަށް ބަރުތަކެއް ފައްތާ ހުރިހާ ބަރުތަށް އެކުވާގޮތަށް ޗޭނު ޖަހާ އުޅަނދު ފަހަރުގެ ވައު އެއްސޭގޮތަށް ތައްޔާރުކުރެވިފައެވެ.

                  ވީމާ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި މިއިޢުލާނާއެކުމިވާ ކުރެހުމުގައިވާގޮތަށް އުޅަނދުފަހަރު އެއުޅަނދަކަށް ހާއްސަކުރެވިފައިވާ ސަރަހައްދަށް ބަދަލުކުރުން އެދެމެވެ. އަދި ބަދަލުކުރާއިރު ދެއުޅަނދު ދޭތެރޭ ވީހާވެސް ޖާގަ ނުގެއްލޭގޮތަށް ތަރުތީބުން އުޅަނދުފަހަރު އެޅުމުގެ އިންތިޒާމު ކުރިއަށް ގެންގޮސްދެއްވުން އެދެމެވެ. އަދި އުޅަނދު ތައް ބަދަލުކުރާއިރު ހުރިހާ ފަރާތްތަކުންވެސް ބަނދަރުތެރެއަށް އަމިއްލައަށް ނަގިލި ، ބަރު ފެއްތުމުގެ ބަދަލުގައި ވީހާވެސް ބޮޑަކަށް މިހާރު އަޅަފައިވާ ޗޭނުގައި ވައުއެއްސުން އެދެމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 އޮގަސްޓް 2025
ހޯދާ