ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރާވެރިޔާ ވޮލީ މުބާރާތް 2025" ސްޕޮންސަރޝިޕަށް ހުޅުވާލުމާއި ގުޅޭގޮތުން

                             މިކައުންސިލުން އިސްނަގައިގެން ގއ، ގދ، ސ އަދި ޏ އަތޮޅަށް ހުޅުވާލައިގެން  01 ނޮވެމަބަރ 2025 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ރާވެރިޔާ ވޮލީ މުބާރާތް 2025" އަށް ސްޕޮންސަރޝިފަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އެގޮތުން މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޕްރޮޕޯސަލްގައިވާ ކެޓެގެރީތަކަށް ސްޕޮންސަރ ކުރުމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސްޕޮންސަރ ދިނުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވުމަށްފަހު   [email protected]  މެއިލް އަށް  މެއިލް ކުރެއްވުން ނުވަތަ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ސްޕޮންސަރ ކުރުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނޭ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

             މިއިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ ކައުންސިލްގެ މެންބަރު ޒިޔާދު މުޙައްމަދު 9114482 ނުވަތަ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް މަރިޔަމް ޝިޒްނާ ނަޖީބު (9849587) އާއި ގުޅުއްވުން އެދެމެވެ.

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ

17 އޮގަސްޓް 2025
ހޯދާ