މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ހޭޅިމަތި އަދި އަތިރިމަތި ސަރަހައްދުގައި މަދިރި އުފެދޭ ގޮތަށް ތަކެތި ނުބެހެއްޓުމާ ގުޅޭ

ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމުގެ ގޮތުން ޞިއްޙީމަރުކަޒުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުން ކަމަށާއި، މިގޮތުން ޖުލައި އަދި އޮގަސްޓް މަހު ރަށުގެ ހޭޅިމަތި އަދި އަތިރިމަތި ސަރަހައްދު ބަލައި ޗެކްކުރުމުގައި، އެސަރަހައްދުތަކުގައި ދަޅުފުޅި އަދި ޢާއްމުން ބޮނބިފާކުރުމަށް ބަހައްޓާފައިވާ ބައެއްތަކެއްޗާއި ޑިންގީފަދަ ތަކެތީގައި މަދިރިފަނި އުފެދިފައި ހުރިކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ވީމާ، ބޭނުންކުރުމަށް ފަހު ދަޅުފުޅި ފަދަތަކެތި އެކިތަންތަނަށް އުކާލުމުގެ ބަދަލުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައި ހުންނަ ޑަސްބިންތަކަށް އެތަކެތި އެޅުމަށާއި، ބޮނބިފާކުރުމަށް ބަހައްޓާފައި ހުންނަ ތަކެއްޗާއި އަދި ޑިންގީފަދަ ތަކެތި މަދިރިފަނި  ނުއުފެދޭގޮތަށް ބަންދުކޮށްފައި ބެހެއްޓުމަށް އަންގަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 އޮގަސްޓް 2025
ހޯދާ