ދިވެހިރާއްޖެ
އިޢުލާން
ހއ.އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ރަޖިސްޓްރީ ނުކުރާ އުޅަނދުތަކުގެ ޒޯން ބަދަލުކުރުމާއި ގުޅޭ
މި އިދާރާގެ ނަންބަރ: (IUL)248-ESMSED/248/2024/133 (23 ޑިސެންބަރު 2024) ގެ އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ހއ.އިހަވަންދޫގައި މިވަގުތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހއ.އިހަވަންދޫ ހިމެނޭ ޒޯން (B) އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވާ އެންމެހައި އުޅަނދުތައް (B)ޒޯނަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު 20 ސެޕްޓެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ނިޔަލަށް އިތުރު ކުރުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، ދެންނެވުނު މުއްދަތުގައި މިޒޯނަށް ރަޖިސްޓްރީނުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކާއިމެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ޕޮލިސްޓޭޝަނަށް ފޮނުވޭނެކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.