ދިވެހިރާއްޖެ
ނީލަން ކިޔުން
އެސް.ޓީ.އޯ އިން ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިޔާ ތަކެތި |
ތަކެތީގެ އަދަދު (ކިލޯ) |
ތަކެތީގެ ހާލަތު |
ނީލަން ކިޔަން ފަށާއަގު (ރުފިޔާ) |
ބައު ދަގަނޑު |
5000 |
ބައުވެފައި |
10،000/- |
މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 20 އޯގަސްޓް 2025 ވަނަ ދުވަހުގެ ހެނދުނު 09:30 ގެ ކުރިން މާލެ ހެންވޭރު ފެރީ ޓާރމިނަލް އަށް ވަޑައިގެން ދެއްވުން އެދެމެވެ.
ސެޝަންގެ ތަފްސީލް |
ތާރީޙް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
20 އޯގަސްޓް 2025 |
ހެނދުނު 09:30 |
ކ. ފުނަދޫ |
އަގުހުށަހެޅުން |
21 އޯގަސްޓް 2025 |
ހެނދުނު 10:00 |
އެސް.ޓީ.އޯ ހެޑްއޮފިސް |
އިތުރުމަޢުލޫމާތު:
- ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ބިލު ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަން ވާނެއެވެ.
- ފައިސާ ދެއްކެވުމަށްފަހު ވެރިފަރާތުން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
- ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސް.ޓީ.އޯ އަށް ލިބިގެންވެއެވެ.
- މުދާ ނުގެންދާ ފަރާތްތަކަށް އެސް.ޓީ.އޯއިން ކުރިއަށް ބާއްވާ ނީލަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.