ދިވެހިރާއްޖެ
އިޢުލާން
އިޖްތިމާއީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތު ޕޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލުން
2025 ވަނަ އަހަރު ބ. ކިހާދޫގެ އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތު ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމަވެ.
ބޭނުންވާ އަދަދު: 2
ދެފަރާތަށްވުރެ އިތުރަށް މިޕޫލްގައި ބައިވެރިވުމަށް ހުށަހަޅާފައިވާނަމަ، ޕޫލަށް ނެގޭނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
ޕޫލުގައި ބައިވެރިވާ ފަރާތްތަކުގެ ޝަރުތުތައް:
- ދިވެހި ރައްޔިތެއް ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
މަސައްކަތު ގަޑި:
- ހަފްތާއަކު 3 ދުވަސް، ދުވާލަކު 6 ގަޑިއިރު
އުޖޫރަ:
- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 323.00 ރުފިޔާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނޫގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓިރިބިއުޝަން.
މުއްދަތު:
- މިމަސައްކަތަށް ނެގޭ 2 ފަރާތާއެކު އެއްބަސްވުން ހެދޭނީ 2025 ޑިސެންބަރު 31 ގެ ނިޔަލަށެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ބ. ކިހާދޫގެ އިޖްތިމާޢީ ސަރަޙައްދުތަކުގެ ގޮތުގައި ބަލަހައްޓާ އެންމެހާ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް.
- ބ. ކިހާދޫ ކައުންސިލް ބެލުމުގެ ދަށުގައިވާ އެހެނިހެން އިމާރާތްތަކާއި ގޯތިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕޫލުގައި ބައިވެރިވުމަށްއެދޭ ފޯމް އަދި އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ކޮޕީ 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ހުށައެޅުންވުން އެދެމެވެ. މިޕޫލްގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.