ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ:

                   އިޢުލާން

                               ނަމްބަރ: (IUL)413/413/2025/27

ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ:

                   ރަށުގެ ބަނދަރު ސަރަޙައްދާއި، ޒީރޯ ބީޗް ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

                  ބިން ކުއްޔަށް ދޫކުރުމަށް މަޢުލޫމާތު ދިނުން ދެގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ 19 އޮގަސްޓް 2025 ވަނަ ދުވަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމެވެ. ދެވަނަ ގޮތަކީ 19 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި [email protected] މެއިލް މެދުވެރިކޮށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތްތަކަށް މިކައުންސިލުން މަޢުލޫމާތު ޝީޓް ފޯރުކޮށްދިނުމެވެ. ބީލަން ހުށަހެޅޭނީ އިސްވެ ދެންނެވުނު ދެގޮތުން ކުރެ ގޮތަކަށް މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށް އެކައްޏެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް އޮންނަން ވާނެއެވެ.

                  ބީލަން ހުށަހެޅޭނީ ހުށަހަޅާ ކޮންމެ ބިމަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 3000.00 ރުފިޔާ ކައުންސިލަށް ދެއްކުމަށް ފަހުގައެވެ. ބިން އެވޯޑްވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ އަނބުރާ ދޫކުރެވޭނީ ބިން ދޫކުރާތާ 06 މަސްފަހުންނެވެ. ބިން އެވޯޑް ނުވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ ހޯދުމަށް ހުށަހެޅުމުން ދޫކުރެވޭނެއެވެ.

                  އަދި ދަންނަވަމެވެ. ކުއްޔަށް ބިން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޤަވާޢިދުން ކުލިނުދައްކާ ފަރާތްތަކަށާއި، ބިން އެވޯޑްވެފައި ދޫކޮށްލާފައިވާ ފަރާތްތަކަށް، މިއިޢުލާނާއި ގުޅިގެން ބިންތަކަށް އެދުމުގެ ފުރުސަތު ނުލިބޭނެއެވެ.

                  ވީމާ، ކުލީ ބިންތަކަށް އެދޭ ފަރާތްތަކުން 19 އޮގަށްޓް 2025 ވަނަ ދުވަހު 13:00 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 25 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.

                  14 އޮގަސްޓް 2025

 

                                         އިބުރާހިމް ނާޝިދު

                                        ކައުންސިލްގެ ރައީސް

14 އޮގަސްޓް 2025
ހޯދާ