އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އައި.ސީ.ޓީ އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

ޖީ.އެސް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ޕްރޮގްރާމްސް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން. ނުވަތަ
  2. ޖީސީއީ އޭލެވަލް އިމްތިޙާނުގައި ދެމާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން އަދި ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން. ނުވަތަ
  3. ސާނަވީ ތަޢުލީމް ފުރިހަމަ ކުރުމަށްފަހު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމާއި އެހީތެރިވުން.
  2. އޮފީހުގެ ކޮންޕިޔުޓަރުތަކަށާއި ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކުރުން
  3. އޮފީހުގެ އެތެރޭގެ ވިޔުގަތަކާއި، އޮންލައިން ޕޯޓަލްއާއި، ސަރވަރ އަދި އެހެނިހެން ވިޔުގަތަކުގެ ބެކްއަޕް ނެގުމުގެ އިތުރުން ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ހައްލުކުރުން.
  4. އޮފީހުގެ ކޮންޕިޔުޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ބޭނުންވާ އެންޓިވައިރަހާއި އެހެނިހެން ސޮފްޓްވެއަރ އަޅައިދީ އާކޮށް ބެލެހެއްޓުން.
  5. އޮފީހާއި އައިޓީ ދާއިރާއިން ގުޅުން ހުރި ޕޮލިސީ އަދި ޕްރޮސީޖަރ ތައްޔާރުކުރުން.
  6. އޮފީހުގެ ފަރާތުން ބާއްވާ އެކިއެކި ހަރަކާތްތަކަށް އަޑު، ލެޕްޓޮޕް އަދި ޕްރޮޖެކްޓަރ ފަދަ އާލަތްތައް ބޭނުންވެއްޖެ ހިނދެއްގައި ތައްޔާރުކޮށް އެކަން ބެލެހެއްޓުން.
  7. އައި.ޓީއަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ކޯޓޭޝަން ހޯދުމުގައި އެހީތެރިވުމާއި އައި.ޓީ އާބެހޭ ބިޑްތައް އިވަލުއޭޓް ކުރުމުގައި ޓެކްނިކަލް ސަޕޯޓް ދިނުން.
  8. ފޯނާއި އިންޓަރނެޓް ސަރވިސް ދޭ ފަރާތާ އެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  9.  އޮފީހުގެ ވެބްސައިޓުގެ މެއިންޓަނަންސް މަސައްކަތް އަދި ކޮންޓެންޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން.
  10. އޮފީހުގައި ބޭއްވޭ އަޑުއެހުންތައް ލައިވް ސްޓްރީމް ކުރުން.
  11. އޮފީހުގެ މީސްމީޑިއާ ޕްލެޓްފޯމުތަކުގެ ކޮންޓެންޓް ތައްޔާރު ކުރުމާއި އަދާހަމަކޮށް ބެލެހެއްޓުން.
  12. އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރާ މިންވަރު މޮނިޓަރކުރުމުގެ މަސައްކަތް ކުރުން.
  13. މީގެ އިތުރުންވެސް އައި.ސީ.ޓީ ސެކްޝަނާ ގުޅުންހުރި އެކިއެކި މަސައްކަތްތައްކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

-      ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

-      އައިޓީ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

އުޖޫރައާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) -7,000/ ރުފިޔާ.

-      ސަރވިސް އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      ލިވިންގ އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް [email protected]  އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

14 އޮގަސްޓް 2025
ހޯދާ