އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރު އައްޑޫ ހައި ސްކޫލްގެ ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލުން

މި ފެށޭ ދިރާސީ އާ އަހަރު އައްޑޫ ހައި ސްކޫލުގެ ގްރޭޑް 11އާއި ބީޓެކް ކޯރސްތަކަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

އެކެޑެމިކް ސްޓްރީމްތަކަށް ވަނުމުގެ ޝަރުތު:

  • ދަރިވަރު ކިޔަވަން ބޭނުންވާ މާއްދާއިން ނުވަތަ މާއްދާތަކުން ޡާނަވީ ނިންމާ އިމްތިޙާނަކުން ދަށްވެގެން "C" ފާސް ލިބިފައިވުން.

 

ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާ ކޯހަށް ވަނުމުގެ ޝަރުތުތައް:

  1. ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2ގެ ޑިޕްލޮމާ ކޯހަކުން ދަށްވެގެން “PASS” ލިބިފައިވުން. ނުވަތަ
  2. އައި.ޖީ.ސީ.އެސް.ސީ.، ޖީ.ސީ.އީ. އޯ-ލެވެލް އިމްތިޙާނާއި އެސް.އެސް.ސީ. އިމްތިޙާނުގެ ކޮންމެވެސް 2 މާއްދާއަކުން  ފާސްވެފައިވުން.

 

މަތީ ޘާނަވީ ތަޢުލީމުގެ މަރުޙަލާއަށް ދަރިވަރުން ވަނުމަށް އިތުރަށްބަލާ ޝަރުތުތައް:

  • ޘާނަވީ ނިންމާ އިމްތިޙާނެއްގައި މެއި/ޖޫން 2024 ނުވަތަ އޭގެ ފަހުން ބައިވެރިވެފައިވުން
  • ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފުވެފައިވާ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން.
  • ހިނގަމުންދާ އަހަރުގެ 31 ޑިސެމްބަރަށް 18 އަހަރު ފުރިފައި ނުވުން.

 

މި ސްކޫލަށް ވަނުމަށް ހުށަހަޅާފައިވާ، ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތްނަމަ، ފުރުސަތު ދެވޭނީ ސްކޫލުގައި ޖާގަ އޮތް މިންވަރަކަށް ބަލައި، ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށެވެ.

 

 2025 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް އައްޑޫ ހައި ސްކޫލަށް ވަނުމަށް އެދޭ ދަރިވަރުން ތިރީގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ފުރުއްވުން އެދެމެވެ.  ސްކޫލް ގަވާއިދާއި އެޑްމިޝަން ގައިޑް ރަނގަޅަށް ކިޔުމަށްފަހު އެޑްމިޝަން ފޯމް ފުރިހަމަ ކުރުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

www.ahs.edu.mv

 

ފޯމާއި އެކު އަޕްލޯޑު ކުރަންޖެހޭ ތަކެތި:

  • ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ (ނަތީޖާ ލިބުމުން ކޮޕީ ހަވާލުކުރާގޮތަށް ފޯމް ބަލައިގަނެވޭނެއެވެ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (2 ފުށް)
  • ޕާސްޕޯޓް ސައިޒް ފޮޓޯ
  • ލީވިން ސެޓްފިކެޓް

 

ފޯމް ބަލައިގަތުން:

 އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ސުންގަޑިއަކީ 28 އޮގަސްޓް 2025ވާ ބުރާސްފަތި ދުވަހެވެ.

 

މަތީގައި ދެންނެވިފައިވާގޮތުގެ މަތިން ސްކޫލަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 އޮގަސްޓް 2025
ހޯދާ