ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

   މަޤާމު:                     އެޑްމިނިސްޓްރޭޓަރ

   ބޭނުންވާ އަދަދު:                1

   ރޭންކް:                    އެމް އެސް 3

   ކްލެސިފިކޭޝަން:               ސީނިއަރ އެޑްމިނިސްޓަރޭޓިވް އޮފިސަރ ގްރޭޑް 3

   މުސާރަ:                   -/7035 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             ވޭމަންޑޫ ސްކޫލް

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:    އިދާރީ ސެކްޝަން/ ތ. ވޭމަންޑޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްކޫލް ބަޖެޓަށް ލިބޭ ފައިސާއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސެކްޝަނުގެ މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން
  • ސްކޫލުގެ އިދާރީ މަސައްކަތްތައް ޕްރިންސިޕަލްގެ ލަފާގެ މަތިން މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން
  • ސްކޫލުގެ މެއިންޓެނަންސް މަސައްކަތްތައް ޕްރިންސިޕަލްގެ ލަފާގެ މަތިން ކުރުވައި ބެލެހެއްޓުން
  • ތިމާގެ ދަށުގައި ތިބޭ މުވައްޒަފުންނާ ލިޔުމުން މަސައްކަތް ހަވާލުކޮށް، ހަވާލުކުރެވޭ މަސައްކަތް އެމުވައްޒަފުން ކުރައްވަމުންދާ މިންވަރާއި ފެންވަރު ވަޒަންކޮށް އެޕްރައިޒަލް ފޯމު ފުރުމާއި، އޭގެ މަޢުލޫމާތު އެމުވައްޒަފުންނަށާއި ސްކޫލުގެ އިސްވެރިޔާއަށް ގަވާއިދުން ދިނުމާއި، މުވައްޒަފުންގެ މަސައްކަތް ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް ޕްރިންސިޕަލްގެ ލަފާގެ މަތީން ގަވާއިދުން އަޅަމުން ދިއުން
  • ސްކޫލް އިމާރާތާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުން ލައްވައި ކުރުވުން.
  • ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމު ކުރުމާއި، އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން. 

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ތަޢުލީމީ ގޮތުން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު 18 އޮކްޓޫބަރު 2015 އާއި 31 އޮކްޓޫބަރު 2015 އާ ދެމެދުގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ފޯމު ލިބިވަޑައިގަންނަވާނީ ވޭމަންޑޫ ސްކޫލް އޮފީހުންނާއި، www.csc.gov.mv މި ވެބްސައިޓުންނެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ވޭމަންޑޫ ސްކޫލް އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތިދުވަހުގެ 14:30 ގެ ކުރިން ވޭމަންޑޫ ސްކޫލްގެ އޮފީހަށް.

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ވޭމަންޑޫ ސްކޫލުގެ ނަންބަރު 6780564 ފޯނަށް ގުޅުއްވުން އެދެމެވެ.

05 އޮކްޓޫބަރު 2015
ހޯދާ