|
އިޢުލާނު
|
|
މަޤާމު:
|
ސީނިއަރ ސޮފްޓްވެއަރ ޕްރޮގްރާމަރ
|
|
ބޭނުންވާ އަދަދު:
|
2
|
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އައި.ސީ.ޓީ ސެކްޝަން
|
|
މުސާރަ:
|
25,000.00 ރުފިޔާ.
|
|
ސަރވިސް އެލަވަންސް:
|
5000.00 ރުފިޔާ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މާލޭ ސިޓީ ކައުންސިލްގެ ޑިޖިޓަލް ޚިދުމަތްތަކުގެ ޕްލެޓްފޯމް ތަރައްޤީކޮށް ފުރިހަމަކުރުމުގައި އިސްދައުރެއް އަދާކުރުން
- ނިޒާމުގެ ބޭނުންތައް ދެނެގަތުމަށާއި ޙައްލުތައް ފަރުމާކުރުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރުން
- ޖޭ.އޭ.އެމް ސްޓެކް އަދި ލަރަވެލް ބޭނުންކޮށްގެން ހަރުދަނާ، ފުޅާކުރެވޭ، އަދި ބެލެހެއްޓުމަށް ފަސޭހަ ކޯޑު ތަންފީޒުކުރުން
- އައު އަދި މިހާރު ބޭނުންކުރަމުންދާ ނިޒާމުތައް ފުރިހަމައަށް ޓެސްޓުކޮށް އަދި މައްސަލަތައް ޙައްލުކުރުން
- އެޕްލިކޭޝަންގެ މަސައްކަތް އަދި ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުން
- ޖޫނިއަރ ޑިވެލޮޕަރުންނަށް ޓެކްނިކަލް މަޢުލޫމާތު އަދި އިރުޝާދު ދިނުން
- ޑޭޓާ ރައްކާތެރިކުރުމުގެ ގަވާއިދުތަކާއި ސަލާމަތީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުން
- ސިސްޓަމް ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން
- ކޯޑު މުރާޖަޢާކުރުމުގައި ބައިވެރިވެ، ތަރައްޤީކުރުމުގެ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް އެހީތެރިވުން
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ރާވާ ހިންގާ ބަލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންތައްތައް ކު
- ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބްދާރީވުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓާރސް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ކޮމްޕިއުޓަރ ސައިންސް
- ސޮފްޓްވެއަރ އިންޖިނީރިން
- އިންފޮމޭޝަން ޓެކްނޮލޮޖީ
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ކޮމްޕިއުޓަރ ސައިންސް
- ސޮފްޓްވެއަރ އިންޖިނީރިން
- އިންފޮމޭޝަން ޓެކްނޮލޮޖީ
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ތައިސޭކޮށީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- 04 މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮގަސްޓް 2025 ގެ 14:00 ގެ ކުރިން، ތައިސޭކޮށިގައި ހުންނަ މިއިދާރައިގެ އެޗް.އާރު ސެކްޝަނަޝެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: މި މަޤާމަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.
|